Roadha Mihaaru
"ބާބީ" އަށް ތައުރީފު އޮހެނީ

"ބާބީ" އަށް ތައުރީފު އޮހެނީ

11 ޖުލައި 2023

މި އަހަރު ގިނަ ބައެއްގެ ޝައުގުވެރިކަން އެންމެ ބޮޑަށް ލިބުނު ހޮލީވުޑްގެ ފިލްމު "ބާބީ"އަށް ކްރިޓިކުން ތައުރީފު ލިބެން ފަށައިފި އެވެ.

މި އަހަރު ގިނަ ބައެއްގެ ޝައުގުވެރިކަން އެންމެ ބޮޑަށް ލިބުނު ހޮލީވުޑްގެ ފިލްމު "ބާބީ"އަށް ކްރިޓިކުން ތައުރީފު ލިބެން ފަށައިފި އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ފެށުމުގެ ކުރިން އިއްޔެ ވަނީ ފިލްމުގެ ޕްރިމިއާއަށް ފަހު ނޫސްވެރިންނާއި ކްރިޓިކްސްއަށް ހާއްސަކޮށްގެން ސްކްރީނިންއެއް ބާއްވައިފަ އެވެ. އެންމެ ބޮޑު ތައުރީފެއް ލިބުނީ ފިލްމުގެ ޑައިރެކްޓަރު ގްރެޓާ ގާވިގް އާއި ކާސްޓާއި ފިލްމުގެ ސްކްރިޕްޓާއި ޕްރޮޑަކްޝަން ޑިޒައިނަށެވެ.

ބާބީގެ ލީޑު ރޯލު ނުވަތަ ބާބީގެ ރޯލު ކުޅެނީ މާގޯ ރޯބީ އެވެ. އަދި ކެންގެ ރޯލު ކުޅެނީ ރަޔަން ގޯސްލިން އެވެ.

އެ ފިލްމުގެ ލީޑު ކާސްޓުގައި ދެން ހިމެނެނީ އެމެރިކާ ފެރެރާ، ސިމޫ ލޫ، ޑުއާ ލިޕާ، އެމަރަލްޑް ފެނެލް، އިސާ ރޭ، ކޭޓް މެކިނަން، މައިކަލް ސެރާ އަދި ވިލް ފެރެލް އެވެ.

މި މަހު 21 ގައި "ބާބީ" ރިލާޒްކުރާ އިރު، މި ފިލްމާ ވާދަކުރާނީ ހަމަ އެ ދުވަހު ސިނަމާތަކުގައި އަޅުވަން ފަށާ ކްރިސްޓޮފާ ނޯލަންގެ "އޮޕަންހައިމާ" އެވެ. މި ދެ ފިލްމަށް ވެސް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.