Roadha Mihaaru
"ބާބީ" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ

"ބާބީ" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ

07 އޯގަސްޓް 2023

މިދިޔަ މަހު 21 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ބާބީ" އަށް ދެ ހަފުތާގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިދިޔަ މަހު 21 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ބާބީ" އަށް ދެ ހަފުތާގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މި ފިލްމު ގެނެސްދިން ވާނާ ބްރަދާސް ޑިސްކަވަރީން އިއުލާންކުރި ގޮތުގައި އިއްޔެގެ ނިޔަލަށް މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 1.03 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މިއީ މި އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޔުނިވާސަލް ޕިކްޗާސްގެ "ދަ ސުޕަ މާރިއޯ ބްރޯސް މޫވީ" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 1.13 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"ބާބީ" އަކީ 145 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

އެ ފިލްމާ އެކު ސިނަމާތަކުގައި ދައްކަން ފެށި "އޮޕެންހައިމާ" އަށް ވެސް ރަނގަޅު އާމްދަނީއެއް ލިބިފައިވެ އެވެ. މިހާތަނަށް އެ ފިލްމަށް ވަނީ 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމުގެ ބަޖެޓަކީ 100 މިލިއަން ޑޮލަރެވެ.

"ބާބީ"ގެ ލީޑު ރޯލު ނުވަތަ ބާބީގެ ރޯލު ކުޅުނީ މާގޯ ރޯބީ އެވެ. އަދި ކެންގެ ރޯލު ކުޅުނީ ރަޔަން ގޯސްލިން އެވެ. އެ ފިލްމު ޑައިރެކްޓުކުރީ ގްރެޓާ ގާވިގް އެވެ.