ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
"އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އާ ޕޯސްޓަރު އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުގައި ފެންނަނީ އެ ފިލްމުގެ ވިލަން ވޭންގެވެ.
އަންނަ ހުކުރު ދުވަހު ޕްރިމިއާކުރާ މާވެލްގެ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"އާއެކު މި ފިލްމުގެ ޓްރެއިލާ ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ވެސް އެވެޓާގެ ޓީމުން ބުންޏެވެ.
"އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ލީޑު ރޯލުތައް ކުޅެނީ ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާ އެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން ބުނެފައިވާ ގޮތުގައި، "ޕެންޑޯރާއިން ކުރިން ނުފެންނަ އެތައް ކަމަކާއި ތަނެއް މި ފިލްމުގައި ފެންނާނެ،" އެވެ.
"އެވެޓާ: ފަޔާ އެންޑް އޭޝް" ޕްރިމިއާކުރަނީ އަންނަ ޑިސެމްބަރު މަހު 19 ގަ އެވެ.
Meet Varang in Avatar: Fire and Ash.
— Avatar (@officialavatar) July 21, 2025
Be among the first to watch the trailer, exclusively in theaters this weekend with The Fantastic Four: First Steps. pic.twitter.com/MZi0jhBCI5
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ކެމަރަން 2009 ވަނަ އަހަރު ނެރުނު ފިލްމު "އެވެޓާ"އަކީ ފިލްމީ ދުނިޔޭގައި ވެސް މިހާތަނަށް އެޅުވި އެންމެ ކާމިޔާބު އެއް ފިލްމެވެ. މިއަދާ ހަމައަށް ވެސް، އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު އަދިވެސް އޮތީ "އެވެޓާ"ގެ އަތުގަ އެވެ.
އެ ކާމިޔާބީއާ އެކު، މި ފިލްމުގެ ސީކުއެލްތައް އިއުލާންކޮށް އޭގެ 13 އަހަރު ފަހުން ދެވަނަ ފިލްމު ގެނެސްދިނީ 2023 ވަނަ އަހަރެވެ. އެއީ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އެވެ.
"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ސިނަމާގައި އެޅުވިތާ، ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ބޮކްސް އޮފީހުގައި ތިންވަނަ އަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުގެ ރެކޯޑު ހޯދައިފަ އެވެ.
"އެވެޓާ" ޖުމްލަ ހަތަރު ސީކުއެލްއެއް އިއުލާންކޮށްފައިވެ އެވެ. ތިންވަނަ ފިލްމު މި އަހަރު ގެނެސްދޭއިރު، ހަތަރު ވަނަ ފިލްމު ގެނެސްދެނީ 2027 ގަ އެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029 ގަ އެވެ.
ދެން އަންނަނީ "އެވެޓާ: ފަޔާ އެންޑް އޭޝް"
13 އަހަރު ފަހުން އެވެޓާގެ އާ ފެނިލުމެއް
"އެވެޓާ 3"ގެ ޓްރެއިލާ؛ އަނދައި އަޅިޔަށް!
އެވެޓާ 2ގެ ޑިޖިޓަލް ރިލީޒްގައި އިތުރު 3 ގަޑިއިރު
އެވެޓާގެ ދެވަނަ ބައި ޑިސެމްބަރު 16 ގައި
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
"އެވެޓާ 2" ނިންމާލައި، ތިނެއް ވެސް ނިމުމަކާ ގާތަށް
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި
"އެވެޓާ" ގެ ނިއު ޒީލެންޑް ޝޫޓިން އަށް އަލުން ތައްޔާރު