10 މެއި 2022
އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން އަދިވެސް ބޮކްސް އޮފީހުގެ އެންމެ އުހުގައި އޮތް ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ފުރަތަމަ ފިލްމު ނެރުނުތާ 13 އަހަރު ފަހުން، އެ ފިލްމުގެ ދެވަނަ ބައިގެ ފުރަތަމަ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން އަދިވެސް ބޮކްސް އޮފީހުގެ އެންމެ އުހުގައި އޮތް ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ފުރަތަމަ ފިލްމު ނެރުނުތާ 13 އަހަރު ފަހުން، އެ ފިލްމުގެ ދެވަނަ ބައިގެ ފުރަތަމަ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އެ ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމަށް ޑައިރެކްޓަރު ކެމެރަން ބުނުމާ އެކު ފޭނުން ތިބީ އެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.
އެވެޓާގެ ދެވަނަ ބައެއްގެ އިތުރުން ތިންވަނަ އަދި ހަތަރުވަނަ ބައެއް ހަދާނެ ކަމަށް ވެސް ކެމެރަން ބުންޏެވެ. އެވެޓާގެ ދެވަނަ ބައި 2014 ގައި ނެރެން ނިންމިޔަސް، އެކި ސަބަބުތަކާ ހެދި ތާރީހު ދިގުލައިގެން ދިޔަ އެވެ.
އެންމެފަހުން، މިދިޔަ މަހު ވަނީ އެ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އެވެ. އެއީ ޑިސެމްބަރު 16 ގަ އެވެ. އެކަމަކު ޓްރެއިލާގައި ބުނާ ގޮތުން އެ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ ޑިސެމްބަރު މަހުގެ 20 ގަ އެވެ.
އެވެޓާގެ ސީކުއެލް ފިލްމަށް ކިޔާނީ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އެވެ. ޓްރެއިލާއި ފެންނަނީ ޕެންޑޯރާގެ އާ ސަރަހައްދެކެވެ. މުޅިން ފެހި ގަސްތަކާއި ނޫކުލައިގެ މޫދުތައް އެ ފިލްމުން ފެންނަ އިރު، ޕްރޮޑަކްޝަނަށް ވަރަށް ގިނަ ވަގުތު ހޭދަކޮށްފައިވާ ކަން އެނގެ އެވެ.
އެވެޓާގެ ފުރަތަމަ ފިލްމުން ވެސް ފެނުނު ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާ މި ފިލްމުގައި ވެސް ލީޑް ރޯލުން ފެންނާނެ އެވެ.
ދެން އަންނަނީ "އެވެޓާ: ފަޔާ އެންޑް އޭޝް"
އެވެޓާ 2ގެ ޑިޖިޓަލް ރިލީޒްގައި އިތުރު 3 ގަޑިއިރު
އެވެޓާގެ ދެވަނަ ބައި ޑިސެމްބަރު 16 ގައި
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
"އެވެޓާ 2" ނިންމާލައި، ތިނެއް ވެސް ނިމުމަކާ ގާތަށް
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި
"އެވެޓާ" ގެ ނިއު ޒީލެންޑް ޝޫޓިން އަށް އަލުން ތައްޔާރު
"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް
"އެވެޓާ" ގެ އާ ދުނިޔެ ދައްކާލައިފި