30 އެޕްރީލް 2022
ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ސައިންސް ފިކްޝަން ފިލްމު "އެވެޓާ" ގެ ދެވަނަ ބައި އަންނަ ޑިސެމްބަރު މަހު 16 ގައި ސިނަމާތަކުގައި ދައްކަން ފަށަން ނިންމައިފި އެވެ.
ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ސައިންސް ފިކްޝަން ފިލްމު "އެވެޓާ" ގެ ދެވަނަ ބައި އަންނަ ޑިސެމްބަރު މަހު 16 ގައި ސިނަމާތަކުގައި ދައްކަން ފަށަން ނިންމައިފި އެވެ.
"އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަޅުވާ ތާރީހު ޑިޒްނީން އިއުލާންކުރީ މިދިޔަ ހަފުތާގައި ބޭއްވި ސިނެމާ ކޮން އިވެންޓްގަ އެވެ.
ޖޭމްސް ކެމެރަން ޑައިރެކްޓްކޮށް، 2009 ގައި ނެރުނު އެ ފިލްމުގެ ދެވަނަ ބައި މި އަންނަނީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުންނެވެ.
އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކާނީ އަންނަ މަހު ހައެއްގައި އަޅުވާ މާވެލްގެ "ޑޮކްޓާ ސްޓްރޭންޖް: މަލްޓި ވާސް އޮފް މޭޑްނެސް" ދައްކަން ފަށާ ދުވަހު ކަމަށް ޑިޒްނީން ބުނެ އެވެ.
ދެވަނަ ބައިގެ މަސައްކަތް ފެށީ 2017 ގަ އެވެ. އެކަމަކު، މިހާތަނަށް ވެސް އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް މީޑީއާ އަށް ތިލަނުވެ އެވެ.
އެވެޓާގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި 2.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ދެން އަންނަނީ "އެވެޓާ: ފަޔާ އެންޑް އޭޝް"
13 އަހަރު ފަހުން އެވެޓާގެ އާ ފެނިލުމެއް
އެވެޓާ 2ގެ ޑިޖިޓަލް ރިލީޒްގައި އިތުރު 3 ގަޑިއިރު
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
"އެވެޓާ 2" ނިންމާލައި، ތިނެއް ވެސް ނިމުމަކާ ގާތަށް
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި
"އެވެޓާ" ގެ ނިއު ޒީލެންޑް ޝޫޓިން އަށް އަލުން ތައްޔާރު
"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް
"އެވެޓާ" ގެ އާ ދުނިޔެ ދައްކާލައިފި