25 މެއި 2020
ކޮރޯނާވައިރަހާ ހެދި ނިއު ޒީލެންޑްގައި މާޗް މަހުގެ ތެރޭގައި އިއުލާންކުރި ލޮކްޑައުނާ އެކު ޝޫޓިން ހުއްޓުނު، ޑައިރެކްޓަރު ޖޭމްސް ކެމެރެންގެ "އެވެޓާ" ގެ ސީކްއަލްތަކުގެ ޝޫޓިން އެ ގައުމުގައި އަންނަ ހަފުތާފައި ފަށަން ތައްޔާރުވަމުން އަންނަކަން ކަށަވަރުކޮށް ދީފި އެވެ.
ކޮރޯނާވައިރަހާ ހެދި ނިއު ޒީލެންޑްގައި މާޗް މަހުގެ ތެރޭގައި އިއުލާންކުރި ލޮކްޑައުނާ އެކު ޝޫޓިން ހުއްޓުނު، ޑައިރެކްޓަރު ޖޭމްސް ކެމެރެންގެ "އެވެޓާ" ގެ ސީކްއަލްތަކުގެ ޝޫޓިން އެ ގައުމުގައި އަންނަ ހަފުތާފައި ފަށަން ތައްޔާރުވަމުން އަންނަކަން ކަށަވަރުކޮށް ދީފި އެވެ.
ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް، ޕްރޮޑިއުސަރު ޖޮން ލަންޑޯ ބުނީ ޝޫޓިން އަލުން ފެށުމަކީ މި ވަގުތަށް ލިބޭނެ އެންމެ ބޮޑު އުފާ ކަމަށާއި އަންނަ ހަފުތާ އަށް ތައްޔާރުވެފައިވާ ކަމަށެވެ.
ނިއު ޒީލެންޑަކީ ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، އެކަމުން އަރައިގަންނަން މަސައްކަތްކޮށް، އެންމެ އަވަހަށް އާންމު ހާލަތަކަށް އައި ގައުމެވެ. އެ ގައުމުން ކޮރޯނާވައިރަސް "ނައްތައިލި" ކަން އިއުލާންކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އެއާ އެކު އާންމު ހާލަތަށް ގައުމުގެ ކަންކަން ގެނެސްދިން "އެވެޓާ" ގެ ސީކްއަލްތަކުގެ ޝޫޓިން ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް ދީފައިވެ އެވެ. "އެވެޓާ" ގެ ޓީމުން އަންނަނީ ސޯޝަލް މީޑިއާގައި މި ފަހުން ސީކްއެލްތަކާ ބެހޭ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.
ދެހާސް ނުވައެއްގައި ރިލީޒްކުރި "އެވެޓާ" ގެ ސީކްއަލްގެ ގޮތުގައި ހަތަރު ފިލްމެއް ގެނެސްދޭން ނިންމާފައިވާ އިރު މީގެ ތެރެއިން ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން "އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.
"ޓައިޓޭނިކް" ގެނެސްދިން ޑައިރެކްޓަރު މީގެ 11 އަހަރު ކުރިން ގެނެސްދިން "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. އެ ފިލްމަށް އެއް ވަނަ މަގާމު ގެއްލުނީ މިދިޔަ އަހަރު ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" އިން ރެކޯޑް މުގުރައިލުމާ ގުޅިގެންނެވެ.
"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި
"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް
ދެން އަންނަނީ "އެވެޓާ: ފަޔާ އެންޑް އޭޝް"
13 އަހަރު ފަހުން އެވެޓާގެ އާ ފެނިލުމެއް
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
"އެވެޓާ 2" ނިންމާލައި، ތިނެއް ވެސް ނިމުމަކާ ގާތަށް
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
ކޮވިޑް-19 އާ ހެދި "އެވެޓާ" ވެސް ހުއްޓިފައި
"އެވެޓާ" ގެ އާ ދުނިޔެ ދައްކާލައިފި
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން