Roadha Mihaaru
ކޮވިޑް-19 އާ ހެދި "އެވެޓާ" ވެސް ހުއްޓިފައި

ކޮވިޑް-19 އާ ހެދި "އެވެޓާ" ވެސް ހުއްޓިފައި

19 މާޗް 2020

ޖޭމްސް ކެމަރޮން 2009 ގައި ގެނެސްދިން "އެވެޓާ" ގެ ސީކްއެލްތަކުގެ މަސައްކަތް، ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޭމްސް ކެމަރޮން 2009 ގައި ގެނެސްދިން "އެވެޓާ" ގެ ސީކްއެލްތަކުގެ މަސައްކަތް، ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

"އެވެޓާ" ގެ ޓީމުން ބުނީ ނިއު ޒިލެންޑްގައި ޝޫޓިންތައް ކުރިއަށް ދަނިކޮށް، ކޮވިޑް-19އާ ހެދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން އެ ގައުމުގެ ފިލްމު ކޮމިޝަނުން ވެސް އަންގާފައިވާ ކަމަށެވެ. މަސައްކަތްތައް މެދުކަނޑާލި، އިރު ފިލްމުގެ ޝޫޓިންތައް ކުރިއަށް ދިޔައީ ވެލިންޓަންގެ ސްޓޯން ސްޓްރީޓް ސްޓޫޑިއޯގަ އެވެ.

"އެވެޓާ" ގެ ޕްރޮޑިއުސަރު ޖޮން ލެންޑޯ ނިއު ޒިލެންޑަށް ހެރަލްޑަށް ބުނީ "އެވެޓާ" ގެ ޝޫޓިންތައް ވަގުތީ ގޮތުން މަޑުޖައްސައިލަން ޖެހުމާ ގުޅިގެން، މަސައްކަތްތައްތައް ދެން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހުކުރު ދުވަހު ފިލްމުގެ ހާއްސަ ޓީމެއް އެމެރިކާގެ ލޮސް އެންޖެލިސް އިން ނިއު ޒިލެންޑަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން އަހަރެމެން ކުރި ރޭވި ގޮތާ ހިލާފަށް ސީކްއެލްތަކުގެ މަސައްކަތްތައް ދިގުލައިގެން ދާނެ." އޭނާ ވިދާޅުވި އެވެ.

"އެވެޓާ" ގެ ހަތަރު ބައެއް ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ އިރު، މީގެ ތެރެއިން "އެވެޓާ 2" ސިނަމާތަކަަށް ގެންނަން ނިންމާފައި އޮތީ ޑިސެމްބަރު 17، 2021 ގަ އެވެ. އަދި "އެވެޓާ 3" 2023 އަށް ތާވަލުކޮށްފައިވާ އިރު، "އެވެޓާ 4" އޮތީ 2025 އަށެވެ. މީގެ އިތުރުން "އެވެޓާ 5" ސިނަމާތަކަށް ގެންނާނީ 2027 ގަ އެވެ.