06 ޖުލައި 2022
މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމު "އެވެޓާ"ގެ ދެވަނަބައިގެ ދިގުމިން ތިން ގަޑިއިރަށް ވުރެ ދިގުވާނެ ކަމަށް ބުނެފި އެވެ.
މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމު "އެވެޓާ"ގެ ދެވަނަބައިގެ ދިގުމިން ތިން ގަޑިއިރަށް ވުރެ ދިގުވާނެ ކަމަށް ބުނެފި އެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ "ވެރައިޓީ" އަށް ދިން އިންޓަވިއުއެއްގައި ކެމެރަން ބުނީ މި އަހަރު ނެރޭ އެވެޓާގެ ސީކުއަލް "ވޭ އޮފް ވޯޓާ"ގެ ދިގުމިން ތިން ގަޑިއިރަށް ވުރެ ދިގުވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މީހުންގެ މައްސަލަ އޮތް ނަމަވެސް ފިލްމުގެ ދިގުމިން ކުރު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި އަށް ގަޑިއިރުގެ ސީޒަނެއް އެއް ފަހަރުން ބަލައި ނިންމާލެވޭ ނަމަ، ތިން ގަޑިއިރުގެ ފިލްމެއް ނިންމާލަށް އުނދަގޫ ނުވާނެ ކަމަށެވެ.
ކެމެރަން އަކީ އާންމު ގޮތެއްގައި ދިގު ފިލްމުތައް ތައްޔާރު ކުރުމަށް މަޝްހޫރު މީހެކެވެ. އޭނާގެ މަޝްހޫރު ފިލްމު "ޓައިޓޭނިކް" އަކީ ވެސް ތިން ގަޑިއިރަށް ވުރެ ދިގު ފިލްމެކެވެ.
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމަރަން 2009 ވަނަ އަހަރު ނެރުނު ފިލްމު އެވެޓާ ވެގެން ދިޔައީ ފިލްމީ ދުނިޔޭގައި ވެސް މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމަށެވެ. މިއަދާ ހަމަ އަށް ވެސް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑު އޮތީ އެވެޓާގެ އަތުގަ އެވެ.
އެއާ އެކު، ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމަށް އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް އެ އިންތިޒާރަށް ނިމުމެއް އައިސްފައި ވަނީ ފުރަތަމަ ފިލްމު ނެރުމުގެ 13 އަހަރު ފަހުންނެވެ. އެ ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ދައްކާލާފައިވާއިރު، އެ ފިލްމު މި އަހަރު ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެވެޓާގެ ދެވަނަ ބައި ސިނަމާގައި ދައްކަން ފަށާނީ ޑިސެމްބަރު 16 ގަ އެވެ.
ދެން އަންނަނީ "އެވެޓާ: ފަޔާ އެންޑް އޭޝް"
އެވެޓާ 2ގެ ޑިޖިޓަލް ރިލީޒްގައި އިތުރު 3 ގަޑިއިރު
13 އަހަރު ފަހުން އެވެޓާގެ އާ ފެނިލުމެއް
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
"އެވެޓާ 2" ނިންމާލައި، ތިނެއް ވެސް ނިމުމަކާ ގާތަށް
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި
"އެވެޓާ" ގެ ނިއު ޒީލެންޑް ޝޫޓިން އަށް އަލުން ތައްޔާރު
"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް
ކޮވިޑް-19 އާ ހެދި "އެވެޓާ" ވެސް ހުއްޓިފައި