10 ޖެނުއަރީ 2020
އަންނަ އަހަރަކީ ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ އަހަރަކަށް ވާނެ އެވެ. ވަކިން ހާއްސަކޮށް ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށެވެ. ސަބަބަކީ އޭނާ 2009 ގައި ގެނެސްދިން ކާމިޔާބު ފލްމު "އެވެޓާ" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭން ނިންމާފައިފައިވުމެވެ.
އަންނަ އަހަރަކީ ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ އަހަރަކަށް ވާނެ އެވެ. ވަކިން ހާއްސަކޮށް ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށެވެ. ސަބަބަކީ އޭނާ 2009 ގައި ގެނެސްދިން ކާމިޔާބު ފލްމު "އެވެޓާ" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭން ނިންމާފައިފައިވުމެވެ.
"އެވެޓާ 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ގަ އެވެ. އެ ފިލްމަށް ފަހު ވެސް މީގެ އިތުރު ހަތަރު ބައި ގެނެސްދޭން އޮތީ ރާވައިފަ އެވެ.
In the #Avatar sequels, you won’t just return to Pandora — you’ll explore new parts of the world.
— Avatar (@officialavatar) January 7, 2020
Check out these brand new concept art pieces for a sneak peek at what’s to come. pic.twitter.com/bfZPWVa7XZ
"އެވެޓާ" ގެ ސީކްއެލްތަކުން ބެލުންތެރިން ގެންގޮސްދޭނެ އާ ދުނިޔެ ތަސައްވުރުކޮށްލެވޭނެ މަންޒަރުތަކެއް މިހާރު ވަނީ ސިފަކޮށްދީ ދައްކާލައިފަ އެވެ. ކެމެރަން އާއި "އެވެޓާ" ގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ޓްވިންޓިއެތު ސެންޗަރީ ފޮކްސްގެ ޓްވިޓާގައި ވަނީ ބައެއް މަންޒަރުތައް ހިއްސާކޮށްފަ އެވެ.
Return to Pandora with the new @Avatar concept art @JimCameron just debuted at #CES and discover the @MercedesBenz #VISIONAVTR concept car inspired by the upcoming films. pic.twitter.com/DWBJebpWRf
— 20th Century Fox (@20thcenturyfox) January 7, 2020
ފޮޓޯތަކާ އެކު ކެމެރޮން ބުނީ މި ފަހަރު ބެލުންތެރިން ގެންގޮސް ދޭނީ "އެވެޓާ" ގެ ފުރަތަމަ ބައިން ބެލުންތެރިން ގެންގޮސްދިން ދުނިޔެ ޕެންޑޯރާގެ ބަދަލުގައި މުޅިން އެހެން ދުނިޔެއަކަށް ކަމަށެވެ.
ކެމެރޮން ކުރިން ބުނެފައިވާ ގޮތުގައި "އެވެޓާ" ގެ ސީކްއެލްތަކުގައި ކަނޑުއަޑީގެ ހިތްގައިމުކަމުގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެ އެވެ. އެކަމަކު އުންމީދުކުރަން ޖެހެނީ ވަރަށް ވެސް ތަފާތު އަދި މިހާތަނަށް ކަނޑު އަޑީގެ މަންޒަރުތައް ބަޔަކަށް ތަސައްވަރު ވެސް ނުކުރެވޭހާ ފުރިހަމަ އަދި ހައިރާންކުރުވަނިވި ގޮތަކަށް "އެވެޓާ" ގެ ސީކްއެލްތަކުގައި ދައްކުވައިދޭނެ ކަމެވެ.
ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ "އެވެޓާ 2" ގެ ކާސްޓުން ފުރަތަމަ ބައިގައި ހިމެނު ބައެއް ތަރިންނާ އެކު، އިތުރު ތަރިންތަކެއް ފެންނާނެ އެވެ. އެގޮތުން ކާސްޓަށް ބަލާ އިރު، ސޭމް ވޯތިންޓަން، ޒޯއީ ސަލްޑަނާ، ކެމެރޮންގެ "ޓައިޓޭނިކް" ގެ ބަތަކާ ކޭޓް ވިންސްލެޓް، ސްޓެފެން ލޭންގް، ޖުއާނީ ރިބީޒީ، ޖޮއެލް ޑޭވިޑް މޯ، ދިލީޕް ރާއޯ، މެޓް ޖަރާލްޑް އަދި ސިގޯނީ ވީވާ ހިމެނެ އެވެ.
"އެވެޓާ" އަކީ ބޮކްސް އޮފީހުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. އެއަށް 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު އެ ފިލްމަށް 10 އަހަރު ފަހުން ގެއްލުނީ މިދިޔަ އަހަރު މާވެލް އާއި ޑިޒްނީން ގެނެސްދިިން "އެވެންޖާޒް: އެންޑްގޭމް" އާ އެކީގަ އެވެ.
ދެން އަންނަނީ "އެވެޓާ: ފަޔާ އެންޑް އޭޝް"
13 އަހަރު ފަހުން އެވެޓާގެ އާ ފެނިލުމެއް
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި
"އެވެޓާ" ގެ ނިއު ޒީލެންޑް ޝޫޓިން އަށް އަލުން ތައްޔާރު
"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން
"އެވެޓާ" ސީކްއެލްތަކުގެ ކާސްޓަށް މިޝެލް ޔިއޯ
"އެވެޓާ" 2 އާއި 3 ގެ ޝޫޓިން ނިންމާލައިފި