16 މެއި 2024
ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފެންޓަސީ އެޑްވެންޗާ "ދަ ލޯޑް އޮފް ދަ ރިންގްސް"ގެ ޓްރިލޮޖީއަށް ފަހު ގެނެސްދޭ އާ ދެ ފިލްމު އިއުލާންކޮށްފި އެވެ.
ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފެންޓަސީ އެޑްވެންޗާ "ދަ ލޯޑް އޮފް ދަ ރިންގްސް"ގެ ޓްރިލޮޖީއަށް ފަހު ގެނެސްދޭ އާ ދެ ފިލްމު އިއުލާންކޮށްފި އެވެ.
ވާނާ ބްރަދާސް އިން އިއުލާންކުރި ގޮތުގައި، އެ ދެ ފިލްމު ވެސް ގެނެސްދެނީ "ދަ ލޯޑް އޮފް ދަ ރިންގްސް"ގެ ޓްރިލޮޖީ އާއި "ދަ ހޮބިޓް"ގެ މަސައްކަތް ކުރި ވަރުގަދަ ޓީމުންނެވެ.
އެ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމު ގެނެސްދެނީ 2026 ވަނަ އަހަރު އެވެ. އެއީ "ލޯޑް އޮފް ދަ ރިންގްސް: ދަ ހަންޓް ފޯ ގޮލުމް" އެވެ. އަދި އެ ފިލްމު ޑައިރެކްޓުކުރަނީ "ލޯޑް އޮފް ދަ ރިންގްސް"ގައި ގޮލުމްގެ ރޯލު ކުޅުނު އޭންޑީ ސެކިސް އެވެ.
ދެވަނަ ފިލްމުގެ ނަމާއި ގެނެސްދޭ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.
މި ދެ ފިލްމު ޕްރޮޑިއުސްކުރަނީ "ދަ ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީގެ ޑައިރެކްޓަރު ސަ ޕީޓާ ޖެކްސަން އާއި އެ ފިލްމުތަކުގެ ޕްރޮޑިއުސަރުން ކަމަށްވާ ފްރެން ވޮލްޝް އަދި ފިލިޕާ ބޮޔެންސް އެވެ. އަދި އާ ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގައި ވެސް ވޮލްޝް އާއި ބޮޔެންސްގެ ބައިވެރިވުން އޮންނާނެ އެވެ.
ޕީޓާ ޖެކްސަން ޑައިރެކްޓުކޮށް "ދަ ލޯޑް އޮފް ދަ ރިންގްސް"ގެ ފުރަތަމަ ފިލްމު "ދަ ފެލޯޝިޕް އޮފް ދަ ރިންގް" ގެނެސްދިނީ 2001 ވަނަ އަހަރު އެވެ. އަދި ދެވަނަ ފިލްމު "ދަ ޓޫ ޓަވާސް" 2002 ވަނަ އަހަރު ގެނެސްދިނުމަށް ފަހު، ފަހު ފިލްމު "ދަ ރިޓާން އޮފް ދަ ކިންގް" ގެނެސްދިނީ 2003 ވަނަ އަހަރު އެވެ.
އެ ތިން ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ތިން ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ތިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި
"އަކުއަމޭން"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ނެރެފި
"ޑޫން" ގެ ވާހަކަ އަދި ކުރިއަށް އޮތީ
"ބާބީ" ގެ ލޯބިވެރިޔާގެ ރޯލަށް ރަޔަން
"ލޯޑް އޮފް ރިންގްސް" ދޫކޮށްލެވުމަކީ މޮޔަކަމެއް
ދެން އޮތީ "ވޮންޑަ ވުމަން 3"
ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަނީ
"ޓެނެޓް" މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"