Roadha Mihaaru
ނޭޕާލް ބަލިކޮށް އިންޑިއާ އަށް ދިރުމެއް

ނޭޕާލް ބަލިކޮށް އިންޑިއާ އަށް ދިރުމެއް

10 އޮކްޓޯބަރ 2021

ނޭޕާލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ކުރިއަށް ދިއުމަށް އިންޑިއާއިން އުންމީދެއް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނޭޕާލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ކުރިއަށް ދިއުމަށް އިންޑިއާއިން އުންމީދެއް ހޯދައިފި އެވެ.

މެޗުން މޮޅުވެ ފަސް ޕޮއިންޓް ހޯދައި އިންޑިއާ ވަނީ ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ކުރިއަށް ރާއްޖޭގެ މެޗުން އިންޑިއާއަށް މޮޅުވެގެން ފައިނަލަށް ދެވޭނެ އެވެ. އެކަމަކު އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވެން އެބައޮތެވެ. އެންމެ ކުރީގައިއޮތް ހަތަރު ޓީމަށް ވެސް ފުރުސަތު އެބައޮތެވެ.

އިންޑިއާއިން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. އޭނާ ލަނޑު ޖެހީ އިންޑިއާއިން އުފެއްދި ހަމަލާގައި ފާރޫކް ޗައޮދަރީ ބޮލުން ދިން ބޯޅަ ޗެތުރީ ވާތު ފައިން ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލައިގެންނެވެ.

ނޭޕާލްން ގެންގުޅުނީ ޑިފެންސިވް ވިސްނުމެކވެ. ނޭޕާލްގެ ކޯޗް އަބްދުﷲ އަލް މުތައިރީ ޓީމު އަތުރާލީ ފަސް ޑިފެންޑަރުން ހިނަމައިގެންނެވެ އަދި ފަސް ޑިފެންޑަރުމްގެ ކުރިމަތިން ހަތަރު ޑިފެންޑަރުން ލުމަށް ފަހު ޑިފެންސިވް ގޭމަކަށް އިސްކަން ދިނެވެ. އެކަމަކު އިންޑިއާއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސް ކޯށްފަ އެވެ.

SA

SA

އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އަށެވެ. އިންޑިއާގެ ކުޅުންތެރިން ވިންގުން އުފެއްދި ހަމަލާ އަކުން ލިބުނު ބޯޅަ އެކެވެ. ޗެތުރީ އަށް ބޯޅަ ހުރަސްކޮށް ދިން އިރު ޗެތުރީ ހުރީ ހުސްކޮށެވެ. އެކަމަކު އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ. އޭނާ ފޮނުވާލުމުން ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފުރުސަތުގެ ބޭނުން ނުކުރެވުމުން ޗެތުރީގެ ފަރާތުން ހިތްހަމަ ނުޖެހުން ފެނުނުނެވެ. އޭނާ ވަނީ ގޯލް ދަނޑީގައި ދެފައިން ޖަހައިފަ އެވެ.

އޭގެ ފަހުން ޗެތުރީ ބޮލުން ތަނަވަސް ކޮށްދިން ބޯޅައަކުން މަންވީރް ސިންހަށް ފުރުސަތު ލިބުނެވެ. ނަމަވެސް މަންވީރަށް އެ ބޯޅަ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ނޭޕާލްގެ ގޯލް ކީޕރު ކިރަން ކުމާރު އެބޯޅަ ސަލާމަތް ކުރި އެވެ. އެކަމަކު ދެ ވަނަ ހާފުގައި މަންވީރަށް ލިބުނު ފުރުސަތު މާ ތަނަވަހެވެ.

މެޗުގެ 54 ވަނަ މިނެޓްގައި އިންޑިއާގެ ޔާސިރު މުހައްމަދު އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ މަންވީރް ބޮލުން ފޮނުވާލުމުން ނުރައްކާކޮށް ދިޔަނަމަވެސް ނޭޕާލުގެ ކީޕަރު ކިރަން ވަނީ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ޔާސިރަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިއާ ފޫޓެއްހައި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކް ފުރުސަތެއްގައި ނޭޕާލުން އިންޑިއާގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.