30 ސެޕްޓެމްބަރ 2021
ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ހާއްސަކޮށް ފަރުވާދެމުން އަންނަ އެހެން ތަންތަނުގައި ވަގުތީގޮތުން މަސައްކަތްކުރާނެ، ރެޖިސްޓާޑް 22 ނަރުހުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ހާއްސަކޮށް ފަރުވާދެމުން އަންނަ އެހެން ތަންތަނުގައި ވަގުތީގޮތުން މަސައްކަތްކުރާނެ، ރެޖިސްޓާޑް 22 ނަރުހުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ މީހުން މަސައްކަތްކުރަންޖެހޭނީ ހަފްތާއަކު ފަސް ދުވަހު، މަދުވެގެން އަށް ގަޑިއިރު ކަމަށެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނުގައިވާ ގޮތުން އެ މީހުންގެ މަހު މުސާރައަކީ 9،060ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު، 188ރ. ރުފިޔާ ލިބޭނެ އެވެ. އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށްވާން ޖެހެ އެވެ.
އެމީހުންގެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދޭން ޖެހެ އެވެ. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރުމަކީ ވެސް އެ މީހުންގެ ޒިންމާއެކެވެ.
މަގާމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަންނަ ބުދަ ދުވަހުގެ މެންދުރު، 1:00 ގެ ކުރިން application.foreign@igmh.gov.mv އަށް މެއިލް ކުރަންޖެހެ އެވެ. އެ މަގާމަށް މީހުން ހޮވުމަށް އިންޓަވިއު އޮންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން 24 އޮކްޓޫބަރުގެ ނިޔަލަށް ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ސަނިއްޔާ: ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓް ނަރުސް
ނަރުހުންނާ ގުޅުވައިގެން ދައްކާ ވާހަކަ ދޮގުކޮށްފި
މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި
މަރުވާ ފަދަ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު
މާވިންއަށް މަރުގެ ދައުވާ، ލަމްހާ އަށް ތިން ދައުވާއެއް
ކޮވިޑް ބަލި މީހުންނަށް އެހީވާން 36 ނަރުހުން ހޯދަނީ
ނަރުހުން ކަރަންޓީނަށް، ހޮސްޕިޓަލްތައް ހުއްޓިދާނެ!
އައިޖީއެމްއެޗަށް އަނެއްކާވެސް ނަރުހުން ހޯދަނީ
28 ނަރުހަކަށް މުސާރަ ނުލިބޭތީ ކަންބޮޑުވޭ: އެޗްޕީޔޫ