04 ނޮވެމްބަރ 2020
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް 23 ނަރުހުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް 23 ނަރުހުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ހޯދަނީ ރެޖިސްޓާޑް ނަރުހުންނާއި، ސީނިއާ ރެޖިސްޓާޑް ނަރުހުންނާއި ކްލިނިކަލް ނަރުހުންނެވެ.
އައިޖީއެމްއެޗަށް 39 ނަރުހަކު ހޯދަން މިދިޔަ ސެޕްޓެމްބަރު މަހު ވެސް އިއުލާނުކުރި އެވެ.
ރެޖިސްޓާޑް ނަރުހުންނަށް މުސާރައިގެ ގޮތުގައި 9،060ރ އާއި 9،360ރ އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ. ސީނިއާ ރެޖިސްޓާޑް ނަރުހުންނަށް 9،670ރ އާއި 10،160ރ ދެމެދުގެ މުސާރައެއް ލިބެ އެވެ. އަދި ކްލިނިކަލް ނަރުހުންނަށް ކަނޑައަޅާފައި ވަނީ 10،410ރ އާއި 10،940 އާ ދެމެދުގެ މުސާރަ އެކެވެ.
މުސާރައިގެ އިތުރަށް 188ރ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ. އަދި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސްގެ ލިބޭނެ އެވެ.
މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ނިޔަލަށެވެ. ވަޒީފާއަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ޝޯޓްލިސްޓު ކުރުމަށް ފަހު އިންޓަވިއު އޮންނާނީ މި މަހު 22 އާއި އަންނަ މަހު ތިނަކާ ދެމެދު އެވެ.
ގިނަ އަދަދެއްގެ ދިވެހިން ނަރުސްކަން ކިޔެވި ނަމަވެސް މި ވަޒީފާ އަށް ދިވެހިން ލިބުން ދައްޗެވެ. އެހެންވެ، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގިނައީ ބިދޭސީ ނަރުހުންނެވެ.
އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން އިއުލާނުކޮށްފި
އެންމެން ބިރުން ދުރަށް! ހިތްދަތިކަމެއް
ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަދޭ އުސޫލު ބަދަލުކުރަނީ
ނަރުހުންގެ މުސާރަ އަށް ގެންނާނީ ހެޔޮ ބަދަލެއް:ސީއެސްސީ
ނަރުހުންގެ އެލަވަންސްތައް ކަނޑައެއް ނުލަން: އައިޖީއެމްއެޗް
ޑޮކްޓަރުންނާއި ނަރުހުންނަށް 20 ފްލެޓެއް ވިއްކައިފި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި