11 މެއި 2020
އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ، ކޮންޓްރެކްޓް އުސޫލުން، ތިން މަސް ދުވަހަށް މަސައްކަތް ކުރާނެ 35 ނަރުހުން ބޭނުންވާ ކަމަށެވެ.
އެ ނަރުހުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާގެ ފަސް ދުވަހު، ދުވާލަކު އަށް ގަޑިއިރަށެވެ. މުސާރައިގެ ގޮތުގައި މަހަކު 9،060ރ. އާއި ސާވިސް އެލަވަންސަށް 188ރ. ލިބޭނެ އެވެ.
ނާސިން ދާއިރައިން ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށް، އައިޖީއެމްއެޗުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި މީހުންނަށް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން recruitment.local@igmh.gov.mv އަށް ހުށަހެޅޭނެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާނުކުރިއިރު، ކޮވިޑް-19 ގެ ސަބަބުން އެ ހޮސްޕިޓަލްގެ ނަރުހުންގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ބުރަވެފަ އެވެ. ފަރުވާ ދިނުމުގެ ތެރޭގައި އެ ހޮޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވިޔަސް އެއް ޑިޕާޓްމަންޓެއްގެ 16 ނަރުހަކު ވަނީ އައިސޮލޭޓްކޮށްފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިގޮތުގައި ރާއްޖޭގެ 55 ޕަސެންޓް ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވާނީ ކޮވިޑް-19 ގެ ކަންކަމުގަ އެވެ. ބާކީ ތިބި 45 ޑޮކްޓަރުންނާއި ނަރުހުންނަކީ، އާއްމު ބަލިތަކަށް ފަރުވާދޭނެ ހިދުމަތްތެރިން ކަމަށް ވިދާޅުވި އެވެ.
އެންމެން ބިރުން ދުރަށް! ހިތްދަތިކަމެއް
ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަދޭ އުސޫލު ބަދަލުކުރަނީ
ނަރުހުންގެ މުސާރަ އަށް ގެންނާނީ ހެޔޮ ބަދަލެއް:ސީއެސްސީ
ނަރުހުންގެ އެލަވަންސްތައް ކަނޑައެއް ނުލަން: އައިޖީއެމްއެޗް
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!