11 އޮކްޓޯބަރ 2024
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ މި ސަރަހައްދުގެ އެންމެ ވަރުގަދަ ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތަކާ އެކު އެ ތަން ބޭނުންކުރަން ފަށައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ މި ސަރަހައްދުގެ އެންމެ ވަރުގަދަ ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތަކާ އެކު އެ ތަން ބޭނުންކުރަން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެންމެ ޒަމާނީ ފެންވަރުގައި ހަދާފައިވާ ހައިބްރިޑް ތިއޭޓަރުގައި ސިކުނޑި އާއި ހިތުގެ ޕްރޮސީޖާތަކާއި ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅު ކުރުމަށް ފްލެކްސިބުލް ކެތީޓާ ބޭނުންކުރުން ފަދަ ހިދުމަތާ އެކު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލުގައި ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަ ތިއޭޓަރެއް ވެސް ގާއިމްކުރި ނަމަވެސް ހަ އަހަރު ވެގެން ދިޔައިރު ވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެ ތަން ބޭނުމެއް ނުކުރެ އެވެ.
We are Excited to introduce a state-of-the-art Hybrid Operating Theatre with Cath Lab at Dharumavantha Hospital (DH11)! This advanced facility will enhance our services for neurological, cardiac, and peripheral interventional procedures, bringing world-class care to the Maldives.… pic.twitter.com/WktCd5QCB1
— IGMH (@igmhmv) October 11, 2024
އެކަމުގެ ތަފްސީލު ދެއްވަމުން، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ ދަރުމަވަންތަ އިމާރާތުގެ 11 ވަނަ ފްލޯގައި ހަދާފައިވާ ތިއޭޓަރު ބޭނުން ނުކޮށް ގިނަ ދުވަސްވުމުން މަދަބޯޑުގެ ސާކެޓުތަކެއްގެ މައްސަލަ ދިމާވި ކަމަށެވެ. އެހެންވެ، ސްޕެއާތައް ގެނެސް މައްސަލަ ހައްލުކުރުމަށް ފަހު މިދިޔަ ހަފުތާގައި ބޭނުންކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ފަހަރެއްގެ މަތިން އެ ތަނަށް އިކުއިޕްމަންޓް ހަމަކޮށްފައި އެ ބޭނުންވާ ވަސީލަތްތައް ހޯދާފައި ހިދުމަތް މި ފެށީ. މިހާރު ކެތުލެބުގައި ނިއުރޯ ޕްރޮސީޖާތައް ވެސް ހަދަން އެބަ. ކާޑިއެކް ޕްރޮސީޖާތައް ވެސް ހަދަން. ކުރިއަށް އޮތް ތަނުގައި އެންޑޯވެސްކިއުލާ ސާޖަރީ އާއި ނިއުރޯ ސާޖަރީތައް މި ތަނުގައި ހާއްސަ ކޮށްގެން ކުރިއަށް ގެންދާނެ،" ހަލީމް ވިދާޅުވި އެވެ.
"ތަންތަންކޮޅު ރިޕެއާ ކޮށްގެން ބޭނުންކުރާކަށް ބޭނުމެއް ނުވޭ ބަލި މީހުންނަށް ހިދުމަތްދޭ ތަނެއް ވީމަ. މައްސަލަ ޖެހިފައި ހުރި އެއްޗެއް ވީމަ އެ އެއްޗެއް ރިޕްލޭސްކުރީ."
ތިއޭޓަރުގެ އިތުރުން އައިސީޔޫ ފެންވަރުގެ 10 ބެޑް ވެސް އެ ފްލޯގައި ހުންނާނެ އެވެ. އޭގެ ތެރެއިން ވެސް މި ފަހަކާ ޖެހެންދެން ބޭނުންކުރީ ހަތަރު އެނދެވެ. އެކަމަކު، ހަލީމް ވިދާޅުވީ މިހާރު މުޅި ފްލޯ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލްގައި މި ވަގުތު ހުރީ އައިސީޔޫ 14 ބެޑެވެ. އެކަމަކު، ބައެއް ދުވަސްތަކުގައި އައިސީޔޫގެ އެނދުތައް ފުރިގެން ބަލި މީހުން ސްޓޭބަލް ވަންދެން މަޑުކުރަން ޖެހެ އެވެ.
އައިޖީއެމްއެޗްގެ ކެތު ލެބުގައި މިހާރު ވެސް ހިތުގެ ޕްރޮސީޖާތައް ހަދަ އެވެ. އެކަމަކު، ހައިބްރިޑް ތިއޭޓަރާ އެކު އެ ފަރުވާތައް ފުރިހަމަ ވާނެ އެވެ. އެގޮތަށް، މިހާރު ކުރަމުން އަންނަ ސިކުނޑި އަދި ނާރުގެ އޮޕަރޭޝަންތައް ވެސް އެތައް ގޮތަކުން އެޑްވާންސް ވާނެކަން އައިޖީއެމްއެޗުން ބުންޏެވެ. އެއާ އެކު، އައިޖީއެމްއެޗްގައި މިހާރު ހުރި ހަތަރު ތިއޭޓަރު އާއްމު އެހެން އޮޕަރޭޝަންތަކަށް ބޭނުންކުރެވޭނެ އެވެ.
ހަލީމް ވިދާޅުވީ ސްޓްރޯކް ޖެހިގެން ދާ މީހުންނަށް ވެސް އެ ތަނުގައި ހާއްސަ ފަރުވާ ދިނުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"މި ތިއޭޓަރާއެކު ރާއްޖޭގެ ހެލްތު ސެކްޓާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން މި ދިޔައީ." ހަލީމް ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ހައިބްރިޑް ތިއޭޓަރުގެ ބޭނުން ނުހިފެނީ ސާމާނު ނުލިބޭތީ
ޓްރީ ޓޮޕް އަށް ކޮވިޑް ބަލީގެ މީހުން ގެންދަން ފަށައިފި
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!
ފިޒިއޮތެރަޕީގައި ދަރުމަވަންތަ އެންމެ ކުރީ ސަފަށް