އޯޓިޒަމް އެސޯސިއޭޝަންގެ ކުދިންގެ މުގައްރަރާއި ހާއްސަ ތަމްރީނުތައް ހޯދައިދިނުމަށް އެމްއޭސީއެލުން މިއަދު ފައިސާގެ އެހީއެއް ވެ ދީފި އެވެ.
29 ސެޕްޓެމްބަރ 2021
އޯޓިޒަމް އެސޯސިއޭޝަންގެ ކުދިންގެ މުގައްރަރާއި ހާއްސަ ތަމްރީނުތައް ހޯދައިދިނުމަށް އެމްއޭސީއެލުން މިއަދު ފައިސާގެ އެހީއެއް ވެ ދީފި އެވެ.
އެ އެސޯސިއޭޝަންގައި ބޭއްވި ރަސްމިއްޔާތެެއްގައި އެމްއޭސީއެލްގެ ފަރާތުން ފައިސާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަހުމަދު އިބްރާހިމެވެ. އޯޓިޒަމް އެސޯސިއޭޝަނުން އެ އެހީއާ ހަވާލުވީ އެ އެސޯސިއޭޝަނުގެ ސީއީއޯ ޑރ. އިސްމާއިލް ޝަފީއު އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނިން އޯޓިޒަމް އެސޯސިއޭޝަނަށް 61،140ރ. މި ދިނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެންމެ ފަހުގެ މުގައްރަރާއި އެސެސްމަންޓް ޓޫލްތައް ހޯދައި އޯޓިޒަމް އެސޯސިއޭޝަނުގެ ދެ ޓީޗަރަކަށް އެމްއޭސީއެލްގެ އެހީގައި ތަމްރީނު ދޭނެ އެވެ.
އެމްއޭސީއެލްގެ އެހީގައި އޯޓިޒަމް އެސޯސިއޭޝަނުން ހޯދަނީ "ޕްރޮމޯޓިން ދަ އިމަޖެންސް އޮފް އެޑްވާންސް ނޮލެޖް" (ޕީކް) މުގައްރަރެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ބަސް ދަސްކޮށްދިނުމަށް ބޭނުންކުރާ އެ މުގައްރަރު ބަހާފައި ވަނީ ހަތަރު މޮޑިއުލަކަށެވެ. އެއީ ތަފާތު ސްޓައިލް ހުންނަ ކުދިންނަށް ހާއްސަ މޮޑިއުލްތަކެކެވެ.
އެމްއޭސީއެލްގެ އެހީ ފިޔަވައްޗަށް
ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު ހުޅުވައިފި
ވީއައިއޭގެ ޕާކިންއިން ބައެއް ވަގުތީގޮތުން ހުޅުވާލައިފި
ބްރިޖުގެ ބަންދުކުރި ފަޅި ހުޅުވާލައިފި
ބްރިޖުގެ އެއް ފަޅި މާދަމާ ވަކި ވަގުތަކަށް ބަންދުކުރަނީ
ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު އެމްއޭސީއެލްއިން ބަލަނީ
ފުވައްމުލަކު އެއާޕޯޓަށް އައްޑޫއިން ފަޔާލޮރީއެއް ގެންދަނީ
ރީޖަަނަލް އެއާޕޯޓްސްގެ އެއާޕޯޓުތައް އެމްއޭސީއެލް އަށް
ފަޔަ ލޮރީ ހަލާކުވެ ފުވައްމުލަކު އެއާޕޯޓް ހުއްޓުމަކަށް
ކުޅުދުއްފުށީ މަގުތަކާއި ޓާމިނަލް ތަރައްގީކުރަން ފަށައިފި