Roadha Mihaaru
މިނިމަމް ވޭޖަށް ހަ ހުށަހެޅުމެއް، ހިޔާލުތަފާތުވުން ބޮޑު

މިނިމަމް ވޭޖް ކަނޑައަޅަށް ހަ ހުށަހެޅުމެއް، ހިޔާލުތަފާތުވުން ބޮޑު!

29 ސެޕްޓެމްބަރ 2021

މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ މިހާރު ހުރި ހުށަހެޅުންތަކާ މެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެފައި ވާތީ ކަމަށް މިނިމަމް ވޭޖް ބޯޑުގެ ޗެއާމަން ރިޔާޒް މަންސޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ މިހާރު ހުރި ހުށަހެޅުންތަކާ މެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެފައި ވާތީ ކަމަށް މިނިމަމް ވޭޖް ބޯޑުގެ ޗެއާމަން ރިޔާޒް މަންސޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް "މިހާރު" އަށް ވިދާޅުވީ، އުންމީދުކުރި ވަރަށް ވުރެ މިހާރު ވެސް ލަސްވެއްޖެ ކަމަށާއި މެންބަރުންގެ ހަ ޕްރޮޕޯސަލަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މެންބަރުން އެއްބަސްވެފައި އޮތީ ދެން އިތުރު ޕްރޮޕޯސަލެއް ހުށަނާޅައި މިހާރު ހުރި ޕްރޮޕޯސަލްތަކުން ގޮތެއް ކަނޑައަޅަން ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ބޯޑުން ބޭނުންވަނީ މިނިމަމް ވޭޖެއް ވީހާ އަވަހަކަށް ކަނޑައަޅަން ކަމަށާއި އަންނަ މަހުގެ 10 ގެ ކުރިން މިކަމުގައި ގޮތެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ބައެއް ކެޓަގަރީތަކަށް އެއަށް ވުރެ ދަށް އަދަދުތަކެއް ވެސް ކަނޑައަޅާފައި އެބަހުއްޓެވެ. ނަމަވެސް މި އަދަދުތައް ކަނޑައަޅަން މެންބަރު އެއްބަހެއް ނުވެ އެވެ.

މިނިމަމް ވޭޖް ބޯޑުގައި 11 މެންބަރުން ތިބެ އެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރާ ފަސް މެންބަރުންނާއި ވަޒީފާދޭ ހަތަރު މެންބަރު ވެސް ހިމެނެ އެވެ.