ރާއްޖޭގައި މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރަށް ނިމޭނެ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
23 ޖޫން 2025
ރާއްޖޭގައި މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރަށް ނިމޭނެ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އެންމެ ކުޑަ އުޖޫރަ ރިވިއު ކުރުމުގެ މަސައްކަތް ލަސްވާތީ އެކަމާ ގުޅިގެން ސުވާލުކުރަން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ހުށަހެޅުއްވުމުން، މިނިސްޓަރު ހައިދަރު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ވަކި ވަރެއް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް އޮންނައިރު އެ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންޖެހެ އެވެ.
ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅީ 2022 ގަ އެވެ. އެކަމަކު އޭގެ ފަހުން މިނިމަމް ވޭޖް ރިވިއުކޮށްފައެއް ނުވެ އެވެ.
އެހެންވެ އެ މަސައްކަތް ލަސްވާ ސަބަބާއި މިނިމަމް ވޭޖް ބޮޑުކުރެވޭނީ ކޮންއިރަކުތޯ ސުވާލުކުރުމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އެ މަސައްކަތް ލަސްވަނީ މިދިޔަ ސަރުކާރުގައި އެ މަސައްކަތްކޮށްފައި ނުވާތީ ކަމަށެވެ.
8 ނޮވެމްބަރު 2021 ގައި މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ. 8 ނޮވެމްބަރު 2023 އަށް މުރާޖާ ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން ލޭބާ ރިލޭޝަންސްގެ މަސައްކަތްތައް ކުރީ އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ނަމަވެސް މި ސަރުކާރު އައިސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް އެކަންކަން ބަދަލުކުރުމާ ހަމައަށް ވެސް މިނިމަމް ވޭޖް ރިވިއު ކުރުމުގެ އެއްވެސް މަސައްކަތެއް އޭރުކޮށްފައި ނެތެވެ.
ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ޖަވާބުދާރީވެވަޑައިގަންނަވަނީ. -- ފޮޓޯ | މަޖިލިސް
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެ މަސައްކަތް ފަށައި މިދިޔަ އަހަރުގެ ޖުލައި 3 ވަނަ ދުވަހު ވަނީ އާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައިފަ އެވެ. އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން މިދިޔަ ސެޕްޓެމްބަރު 22 ގައި ބާއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ބޯޑުގެ މެމްބަރުންގެ އެދުމުގެ މަތިން ކުރީގެ ބޯޑުގެ ދިރާސާ ކަރުދާސްތައް ހިއްސާކުރުމަށް ވެސް ވަގުތު ނެގީ އޭރު މަސައްކަތުގައި އުޅުނު ބޭފުޅުން މިހާރު އެހެން މަސައްކަތްތަކުގައި އުޅޭތީ ކަމަށެވެ. އެހެންވެ، ޓެކްނިކަލް އެހީ ހޯދުމުގައި ދަތިތަކެއް ހުއްޓަސް އެ ބޯޑުގެ ޗެއާމަން އާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުގެ ބޭފުޅުންނާ އެކު ފަންނީ އެހީ ހޯދުމަށް ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭރު މިނިމަމް ވޭޖު މަސައްކަތުގައި އުޅުނު ޓެކްނިކަލް މީހުން ވަނީ އެކިއެކި މަސައްކަތާ އެކު އުޅޭތީ މި މަސައްކަތާ ދުރަށް ގޮސްފައި. އެހެންވެ މި މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީ ހޯދުުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އޯގަނައިޒޭޝަނުން އެދިގެން ޕްރޮޕޯސަލެއް ވެސް އެ ބޯޑުން ފޮނުވި އެވެ. އަދި މިދިޔަ މެއި މަހު 20 ގައި ޓެކްނިކަލް ނޯޓެއް އެ އޯގަނައިޒޭޝަނުން ފޮނުވި ކަމަށާއި އޭގައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާން އެދުނު ގޮތަށް މިނިމަމް ވޭޖް ތަންފީޒުކުރުމާ ގުޅޭ ސާވޭއަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރަން ފަށާފައިވާ ކަމަށާއި ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އވެެ.
އެ އޯގަނައިޒޭޝަނުން ވަނީ ރާއްޖޭގެ ލޭބާ ފޯސްއާ ގުޅޭ ސާވޭ އާއި ވަކިވަކި ގޭގެއަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކާއި ރާއްޖޭގެ އާބާދީގެ އިތުރުން ވެސް އިތުރު ސާވޭތަކެއް ހަދައިގެން ކުރިއަށް ދިއުމަށް އެދިފަ އެވެ. އަދި ދެވަނަ ފިޔަވަހީގައި އިމްޕެކްޓް އެސެސްމަންޓް ހަދަން އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އިން ކުރިއަށް ގެންދާ ލޭބާ ސާވޭ ނިމުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ދާނެ... އަޅުގަނޑުމެން މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރަށް ނިންމާލެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއާ ސުވާލުކުރެއްވުން pic.twitter.com/Nnc5fUVanZ
— People's Majlis (@mvpeoplesmajlis) June 23, 2025
މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެެޅުމުގައި ވިސްނަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެ ކަނޑައެޅޭނީ އޭގެ ބުރަ، އިގްތިސާދާއި މަސައްކަތްތެރިންނަށް ނުވާ ގޮތަށް ކަމަށެވެ.
ރާއްޖޭގައި މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖަކީ ކުދި ވިޔަފާރިތަކަށް، މަހަކު 4،500ރ. އާއި މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7،000ރ. އާއި ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000ރ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަހަކު 7،000ރ. އެވެ.
ބިދޭސީންނަށް ދޭން ޖެހޭ މިނިމަމް ވޭޖެއް ގާނޫނުގައި ކަނޑައަޅާފައި ނެތުމުން، ދިވެހި މަސައްކަތްތެރިންގެ ބަދަލުގައި ބިދޭސީންނަށް މަސައްކަތްދޭ މައްސަލަ ވެސް މަޖިލީހުގައި ފެންމަތިކުރި އެވެ. އެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ މިހާރު ހަދަމުން އަންނަ ދިރާސާގެ އަލީގައި އެކަމަށް ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
ލޯނު ލިބޭ ވަގުތީ ލިސްޓުގައި 806 ދަރިވަރުން
މިނިމަމް ވޭޖްގެ ރިޕޯޓް އަންނަ ހަފުތާގައި ކެބިނެޓަށް
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
ވަރުބަލިވެ އަވަދިވަމުންދާ މަސައްކަތްތެރިން
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟
މިވަގުތު މުހިންމީ މިނިމަމް ވޭޖެއް ކަނޑައެޅުން: ރައީސް
މިނިމަމް ވޭޖު ހަގީގަތަކަށް ވާނެ ބާ؟
ބޮޑު ޗުއްޓީ ބަދަލުކޮށްލަން ފެނޭތަ؟
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ބީއެމްއެލްއިން އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަނެއް