30 އެޕްރީލް 2019
މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވީ ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމު ކަން ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. ބިދޭސީން ކުރަމުންދާ މަަސައްކަތްތަކާ ދިވެހިން ހަވާލުވުމަކީ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށް ވެސް ވިދާޅުވި އެވެ.
"ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހިން ނެރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މި އަންނަނީ މަޝްވަރާ ކުރަމުންނެވެ." ރައީސް ވިދާޅުވި އެވެ.
އެ ޚިތާބުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ. ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ ހުތުރު ކަމެއް ނޫން ކަމަށާއި އެކަމަކު ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ ކަމަށް ބުނެ އެއްވެސް މަސައްކަތެއް ނުކުރާ ޒުވާނުން އެބަ ތިބި ކަމަށް ޚިތާބުގައިވެ އެވެ. އެހެންވުމުން، ތަފާތު މަސައްކަތްތައް ކުރުމަށް ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެ ގެންނަމުންދާ ކަން އެ ޚިތާބުގައި ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި ގާނޫނާ ޚިލާފަށް އިންޒާރު ދިނުމާއި ވަޒީފާއިން ވަކި ކުރުން ފަދަ ކަންކަން ސަރުކާރު ތެރޭގައި ނޫނަސް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އަދި އެކަށީގެންނުވާ ތަންތަނުގައި ބިދޭސީން ބެއިތިއްބުމާއި އެ މީހުންނަށް މުސާރަ ނުދިނުން ފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަރާމު ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި މަކަރާއި ހީލަތުން އޮޅުވާލައިގެން އެ މީހުން ލައްވައި މަސައްކަތް ކުރުވުމަކީ ވެސް މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންކަމެވެ." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސިޔާސީ ނުފޫޒުން މީހުން ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމަކީ ވެސް މިދިޔަ އަހަރުތަކުގައި މަސައްކަތްތެރިން ކުރި ތަޖްރިބާތައް ކަމަށާއި އެފަދަ މީހުންގެ ވަޒީފާތައް އަނބުރާ އިއާދަކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ރައީސްގެ ޚިތާބުގައިވެ އެވެ. އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިދިޔަ އަހަރު ހުށަހެޅި އެފަދަ މައްސަލަތަކުގެ ތެރެއިން 90 ޕަސެންޓް މައްސަލަތަކުގައި ވަޒީފާ އަނބުރާ ދޭން އަމުރު ކޮށްފައިވާ ކަމަށް އެ ޚިތާބުގައިވެ އެވެ.
މަސައްކަތްތެރިންނަކީ އިގްތިސާދެއް ކުރިއަރައި، ގައުމުގެ އާމްދަނީ އިތުރުކޮށް، ގައުމުގެ ތަރައްގީގެ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަކޮށް، ރައީސްގެ ޚިތާބުގައިވަނީ އެ މީހުން ގައުމަށްޓަކައި ކުރަމުންދާ ޚިދުމަތުގެ އަގު ވަޒަންކޮށް، ސާބަސް ދޭންޖެހޭ ކަމަށެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
"މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނަން"
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟
ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެންނަނީ
މަސައްކަތްތެރިންގެ ހައްގު މިންވަރު ކަށަވަރު ކުރަންޖެހޭ
މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި
މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް ހަދަނީ
މަސައްކަތްތެރިންގެ ހައްގުގައި ޝުނާނާގެ ގަދަ އަޑު!
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި