01 މެއި 2022
މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހަކު ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހަކު ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ މަސައްކަތް ކުރުވައި އުޖޫރަ ނުދީ ލަސްކުރުމާއި ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް މުޖުތަމައުގެ ތެރޭގައި އަދިވެސް އެބަހުރި ކަމަށެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާއި ހިލާފު ކަންކަންކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މުހިއްމު އެއް ބަދަލަކަށް މި ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފަށާފައިވާ ކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާގައި ދޭ ހިދުމަތްތަކުން މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން މިހާރު ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން ހަނދާންކުރަންޖެހެ އެވެ. --ރައީސް
ރައީސް ސިފަކުރެއްވި ގޮތުގައި ގައުމެއްގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ''މައި އިންޖީނަކީ'' އެ ގައުމެއްގެ ހީވާގި މަސައްކަތްތެރިންނެވެ. މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ, ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރު ކުރުން ކަމަށެވެ.
''އޭރުން އަޅުގަނޑުމެން ހޯދަން މި މަސައްކަތްކުރާ ތަރައްގީގެ އައްސޭރި ދާދި ފަސޭހައިން ފެންނާނެކަން ޔަގީނެވެ،'' ރައީސް ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
މިވަގުތު މުހިންމީ މިނިމަމް ވޭޖެއް ކަނޑައެޅުން: ރައީސް
ތަފާތުކުރުން ނައްތާލުމަކީ އެންމެންގެ ވާޖިބެއް: މާރިޔާ
ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެންނަނީ
މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި
މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް ހަދަނީ
"މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނަން"
މަސައްކަތްތެރިންގެ ހައްގުގައި ޝުނާނާގެ ގަދަ އަޑު!
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި
މަސައްކަތްތެރިން ހޯދަންވީ ބާރު: ޖަމާއަތް ހެދުން