ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ދިނުމާ ގުޅޭ ކަންކަން ނިންމަން މި މަހުގެ 10 އާ ހަމައަށް ދެ ފަރާތުން އެއްބަސްވެގެން ވަގުތު ދީފި އެވެ.
06 ޖުލައި 2020
ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ދިނުމާ ގުޅޭ ކަންކަން ނިންމަން މި މަހުގެ 10 އާ ހަމައަށް ދެ ފަރާތުން އެއްބަސްވެގެން ވަގުތު ދީފި އެވެ.
މަސައްކަތް ފެށިތާ އެތައް ދުވަހެއް ވީއިރު ވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ އެ ފްލެޓުތަކުގެ މަސައްކަތްކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުނިން ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނެ މިދިޔަ މަހުގެ ފަހުކޮޅު އެތަނުގައި ވަނީ މުޒާހަރާ ކޮށްފަ އެވެ.
މިދިޔަ މަހުގެ 25 ގައި ކުރި އެ މުޒާހާރާ އަށް ފަހު، އެއްބަސްވުމަކަށް އައިސްފައި ވަނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިހާތަނަށް ނުދީ ހުރި މުސާރަތައް ދޭނެ އުސޫލެއް މި މަހުގެ 10 އާ ހަމައަށް ކަނޑައެޅުމާއި ގައުމަށް ފޮނުވާލާ ބިދޭސީން ތިބި ނަމަ އެ މީހުން ފޮނުވުމުގައި އަމަލުކުރާނެ ގޮތެއް ނިންމައި އެންގުމަށެވެ. އެގޮތުން، ނުދީ ހުރި މުސާރަތައް ބައިބަޔަށް ބަހާލައިގެން ދޭ ނަމަ އެ ކަން ކުރާނެ ގޮތެއް ވެސް އެ ތާރީޚަށް ކަނޑައަޅަން ވަނީ އެއްބަސްވެފަ އެވެ.
މިކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް 80 ވަރަކަށް ބިދޭސީން މިއަދު ވަނީ އައިލެންޑް އެކްސްޕާޓުގެ ކަމާ ގުޅޭ އިސް މީހުންނާ ވެސް މިއަދު ބައްދަލުކޮށްފަ އެވެ.
މުސާރަ ނުދީގެން، ސިފައިންނާއި ފްލެޓުގެ މަސައްކަތްކުރާ އައިލެންޑު އެކްސްޕާޓުގެ ބިދޭސީން މީގެ ކުރިން 2018 ގައި ވެސް އިހުތިޖާޖު ކޮށްފައި ވެ އެވެ. އޭޕްރީލް 23، 2018 ގައި އެ މީހުން މުޒާހަރާކުރިއިރު، އޭރު ވެސް ތިން މަސް ދުވަހުގެ މުސާރަ ނުދީ ހުރި ކަމަށް ބައެއް ބިދޭސީން ބުނެފައި ވެ އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އިމާރާތް ކުރަން ފެށީ 2012 ގައި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެކަމަކު އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި އޮގަސްޓް 11، 2018 ގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ މި ފްލެޓުތަކަށް އެއް އަހަރު ތެރޭގައި ވަދެވޭވަރު ކުރާނެ ކަމަށެވެ.
"އެބަހުރި ދެ އަހަރު އެޑްވާންސް، [ފުލުހުންނާއި ސިފައިންގެ] މުސާރަ އިން ކަނޑާފައި. އެއިން އެއްވެސް ފުލުހަކަށް، ސިފައިންގެ މީހުންގެ އާއިލާއަކަށް ވަދެވޭކަށެއް ނެތް،" ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭރު ވިދާޅުވެފައި ވެ އެވެ.
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ބިދޭސީން މުޒާހަރާކޮށް، ފްލެޓުތަކަށް ގެއްލުންދީފި
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު
ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި
މުދާތައް ނުވިއްކަން އައިލެންޑް އެކްސްޕާޓަށް އަންގައިފި
ސިފައިންނާއި ފުލުހުންގެ ފްލެޓަށް އެއް އަހަރުން ވަދެވޭނެ