08 ޖުލައި 2020
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްކުރާ ސައިޓުގައި ހުރި މުދާތައް ވިއްކާލައިގެން ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން އައިލެންޑް އެކްސްޕާޓުން ނިންމި ނަމަވެސް، ސިފައިންނާއި ފުލުހުންގެ ކުންފުނި ސިފްކޯ އާއި ޕޮލްކޯގެ އެއްވެސް މުދަލެއް ނުވިއްކަން އެ ދެ ކުންފުނިން އަންގައިފި އެވެ.
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްކުރާ ސައިޓުގައި ހުރި މުދާތައް ވިއްކާލައިގެން ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން އައިލެންޑް އެކްސްޕާޓުން ނިންމި ނަމަވެސް، ސިފައިންނާއި ފުލުހުންގެ ކުންފުނި ސިފްކޯ އާއި ޕޮލްކޯގެ އެއްވެސް މުދަލެއް ނުވިއްކަން އެ ދެ ކުންފުނިން އަންގައިފި އެވެ.
އެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ ބިދޭސީން ވަނީ މުސާރަ ނުދޭތީ މިދިޔަ ހޯމަދުވަހު ހުޅުމާލޭގައި މުޒާހަރާކޮށް، ހަމަނުޖެހުން ހިންގައިފަ އެވެ. މުސާރަ ނުދީ އޮތުމަކީ ގޯހެއް ކަން ގަބޫލުކޮށް، އައިލެންޑް އެކްސްޕާޓުން އިއްޔެ ބުނެފައި ވަނީ އެކަން މިވަގުތު ހައްލުކުރެވެން އޮތީ ސައިޓުގައި ހުރި ތަކެތި ވިއްކާލައިގެން ކަމަށެވެ. އެކަން އެގޮތަށް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެކަމަކު، އައިލެންޑް އެކްސްޕާޓުގެ އެ ވާހަކަތައް "މިހާރު" ގައި އިއްޔެ ޖެހުމާއެކު، ފްލެޓް އަޅާ ސައިޓްތަކުގައި ހުރި ސިފްކޯ އާއި ޕޮލްކޯގެ މުދާތައް ނުވިއްކަން އެ ދެ ކުންފުނިން ވަނީ ސިޓީއަކުން އައިލެންޑް އެކްސްޕާޓަށް އަންގާފައި ކަމަށް އެނގިފައި ވެ އެވެ. ނަމަވެސް މި ކަމުގައި އެ ދެ ކުންފުނީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ފްލެޓް މަސައްކަތުގައި އުޅޭ ބައެއް ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭގެ ސަބަބުން، ހާލުގައި ޖެހި، ރަށުގައި ތިބި އާއިލާގެ މީހުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ މީހުން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކުރި ހިސާބުން ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ އެއްބަސްވެވަޑައިގަނެ އެވެ.
އޭނާ "މިހާރު"އަށް ވިދާޅުވެފައި ވަނީ މުސާރަ ނުދެވުނީ މަސައްކަތްތައް ހުއްޓި، ޚަރަދުތައް ބޮޑުވެ، ދެން ވާނެ ގޮތެއް ނޭނގޭ ފަދަ ހާލަތެއް މެދުވެރިވުުން ކަމަށެވެ. ލޮކްޑައުން ތެރޭގައި އިސްކަންދެއްވީ މުވައްޒަފުންގެ ކެއުން ހަމަަޖައްސައިދޭން ކަމަށް ވިދާޅުވި އެވެ.
އަނޮން ވިދާޅުވީ ސައިޓްތަކުގައި ހުރި ސާމާނާއި ވެހިކަލް ފަދަ މުދާތައް ވިއްކަން މަސައްކަތް ކުރަމުން އައި ނަމަވެސް އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތުގައި އެއީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރުން މިހާރަށް ފެންނަން އޮތް އެންމެ ރަނގަޅު ހައްލަކީ އެ އެވެ.
އޭގެ ފަހުން، މުވައްޒަފުން ދޫކޮށްލައި އެ މަޝްރޫއު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި، އާރުސީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި އިމާރާތް ކުރަން ފެށި އެ ފްލެޓުތަކުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ. އެތަން ލިބުނު މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ.
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ
ސިފައިންނާއި ފުލުހުންގެ ފްލެޓަށް އެއް އަހަރުން ވަދެވޭނެ
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ފްލެޓުތައް ނިންމުން ލަސްވީ ސިޔާސީވުމުން: ކޮންޓްރެކްޓަރު
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން