Roadha Mihaaru
"މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނަން"

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނަން: ރައީސް

01 މެއި 2021

ހުރިހާ މަސައްކަތްތެރިިންގެ ހައްގުތައް ކަށަވަރުކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުރިހާ މަސައްކަތްތެރިިންގެ ހައްގުތައް ކަށަވަރުކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ދަތިިތަކުން އަރައިގަނެވުނީ ދިވެހި މަސައްކަތްތެރިންގެ ސަބަބުން ކަމަށާއި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭން ކުރާ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ރައީސްގެ ޓްވީޓްގައިވެ އެވެ.

ރައީސްގެ ޓްވީޓް

ވަޒީފާއާ ބެހޭ ގާނޫނަށް މި ސަރުކާރު އައިފަހުން މިދިޔަ އަހަރުގެ ތެރޭގައި ގިނަ އިސްލާހުތަކެއް ގެނަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އިސްލާހުތައް ހުރިގޮތުން މަސައްކަތްތެރިންގެ ހައްގު ގެއްލޭ ކަމުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި އެވެ.