ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާފައި ވިޔަސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެ އިދާރާއަކުން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭން ޖެހޭނެ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް އިސްލާހު ގެނެސްފި އެވެ.
20 މާޗް 2025
ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާފައި ވިޔަސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެ އިދާރާއަކުން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭން ޖެހޭނެ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް އިސްލާހު ގެނެސްފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އިއްޔެ ބުނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވިޔަސް ހާޒިރީ އެލަވަންސް ދޭން ވާނެ ކަމަށެވެ.
އިތުރު ގަޑީގެ ފައިސާ ދޭނެ ގޮތަށް އިތުރު ކުރި ބައިގައި ވަނީ ރޯދަމަހުގެ 20 އިން ފެށިގެން އެ މަސް ނިމެންދެން ހިމެނޭ ދުވަސްތަކާއި ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމުގައި 10 ޕަސެންޓުގެ ތެރޭގައި އެ ދުވަސްތައް ހިމަނައިގެން ނުވާނެ ކަމަށެވެ. އެކަމަކު، އެ ދުވަސްތަކުގައި އިދާރާ އިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑުގެ ތިން މާއްދާއަށް ރ އިތުރުކޮށްފައިވެ އެވެ. އެ މާއްދާގައި ވަނީ ރޯދަމަހުގެ ފަހު 10 އަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގަނެ، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެ ކަމަށެެވެ.
އޭގެ ތެރޭގައި އެ ގާނޫނުގެ 34 ވަނަ މާއްދާގެ ހ. އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭނެ ކަމަށް ވެސް ވެ އެވެ.
އެ ގާނޫނުގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނަކީ ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންނާއި ކަނޑުދަތުރުކުރާ އުޅަނދުތަކާއި މަތިންދާބޯޓުގައި މަސައްކަތްކުރާ މީހުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
ބައެއް މީހުންނަށް ޖަމާކުރި މުސާރަތަކުގައި މައްސަލަ!
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
މުސާރަ އެއްހަމަކުރާ ފްރޭމްވޯކް އޮތީ ފަހު މަރުހަލާގައި
ސިވިލް ސާވިސް އިދާރީ މުސާރަ ބޮޑުކުރަން ހުށަހަޅައިފި
މާޗްމަހުގެ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ:އަމީރު
ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!
"މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ދޭންޖެހޭ"