31 އޮކްޓޯބަރ 2022
ބައެއް ރަށްރަށުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި މަހުގެ މުސާރަ އިއްޔެ ޖަމާވި އިރު އޮޅުންތަކެއް އަރައިފި އެވެ.
ބައެއް ރަށްރަށުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި މަހުގެ މުސާރަ އިއްޔެ ޖަމާވި އިރު އޮޅުންތަކެއް އަރައިފި އެވެ.
އެނގިފައިވާ ގޮތުގައި ބައެއް މީހުންގެ މުސާރަ އަށް ޖަމާވި އަދަދު ވަނީ މަދުވެފަ އެވެ. ބައެއް މީހުންނަށް އިތުރު ވެސް ވި އެވެ. އެގޮތަށް ދިމާވި 200 އަށް ވުރެ ގިނަ މުވައްޒަފުން ހިމެނޭ ކަމަށް ކަށަވަރު ފަރާތަކުން ބުންޏެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، މައްސަލަ ކުރިމަތިވީ މުސާރަ ޝީޓް ހެދުމުގައި އެރި އޮޅުމެއްގެ ތެރެއިން ކަމަށެވެ.
"އެޑިޔުކޭޝަން ދާއިރާގައި ބައެއް ސްކޫލުތަކުގައި މި ހުރިހާ ދުވަހަކު މުސާރަ ދެމުން އައީ ސިސްޓަމްގެ ތެރެއަކުން ނޫން. އެކަން ސިސްޓަމެއްގެ ތެރެއަށް ވައްދައިގެން މުސާރަ ޝީޓް ހެދުމުގެ ތެރޭގައި އެކަކުގެ އެކައުންޓާ އަނެކަކު އެކައުންޓާ އޮޅިގެން އެކަހަލަ ކަމެއް ދިމާވެގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ނުބައިކޮށް ޖަމާވި ފައިސާގެ ތެރެއިން ބައެއް މީހުންގެ އެކައުންޓްތަކުން މިހާރު ވަނީ ފައިސާ ބޭނުން ވެސް ކޮށްފަ އެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
ނުބައި މުސާރަތަކެއް ޖަމާވި މައްސަލައެއް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެސް މިދިޔަ އަހަރު ކުރިމަތިވި އެވެ. އެ ފައިސާ އަނބުރާ ހޯދުމަށް ފިނޭންސުން އިއުލާން ވެސް ކުރި އެވެ. އެކަމަކު އޭރު ފިނޭންސުން ބުނެފައި ވަނީ އޭގެ ތެރެއިން ބައެއް ފައިސާ ލިބިފައި ނުވާ ކަމަށެވެ.
އެ މައްސަލަ ދިމާވުމުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން ރާވާފައިވާ ކަމަށް ވެސް ފިނޭންސުން އޭރު ބުންޏެވެ.
މާޗްމަހުގެ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ:އަމީރު
ދައުލަތް ތިޔާގި، މުސާރަ ލަސްވީ ނިޒާމު ބަދަލުވުމުން
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
މުސާރަ އެއްހަމަކުރާ ފްރޭމްވޯކް އޮތީ ފަހު މަރުހަލާގައި
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަނީ
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި