Roadha Mihaaru
އެންމެ ކުޑަ އުޖޫރަ ބުދަ ދުވަހު ކަނޑައަޅަނީ

އެންމެ ކުޑަ އުޖޫރަ ބުދަ ދުވަހު ކަނޑައަޅަނީ

20 ސެޕްޓެމްބަރ 2021

އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް، އަންނަ ބުދަ ދުވަހު ބާއްވާ މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އެ ބޯޑުން އިއްޔެ ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް، އަންނަ ބުދަ ދުވަހު ބާއްވާ މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އެ ބޯޑުން އިއްޔެ ބުނެފި އެވެ.

ވޭޖް ބޯޑުގެ މެމްބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ ވަރެއް ކަނޑައެޅުމަށް ފަހު، އެކަން އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށެވެ. ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ.

މިނިމަމް ވޭޖް ބޯޑުން އެއްބަސްވަނީ ސަރުކާރުން ބޭނުންވާ އަދަަދަށް ކަމެއް އަދި ސާފެއް ނޫނެވެ.

މިނިމަމް ވޭޖް ކަނޑައަޅަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިނިމަމް ވޭޖް އަލުން ކަނޑައަޅަނީ ކޮވިޑާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް އައި ބަދަލުތަކާ ގުޅިގެންނެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ ތާރީހުތަކެއް ދީފަ އެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބު ވެފައި ނުވާއިރު، ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ އުޖޫރައާ މެދު ހިތްހަމަ ނުޖެހިގެން ބައެއް ސިވިލް ސާވަންޓުން އިއްޔެ އޮފީހަށް ނުކުތީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަޅު ހެދުމުގަ އެވެ.