Roadha Mihaaru
މިނިމަމް ވޭޖް ކަނޑައަޅަން ބޯޑުން އަދި ލަފައެއް ނުލިބޭ

މިނިމަމް ވޭޖް ކަނޑައަޅަން ބޯޑުން އަދި ލަފައެއް ނުލިބޭ: ފައްޔާޒު

06 ސެޕްޓެމްބަރ 2021

މިނިމަމް ވޭޖް ކަނޑައަޅަން ވޭޖް ބޯޑުން ދޭންޖެހޭ ލަފާ އަދި ނުލިބޭ ކަމަށާއި ވޭޖް ކަނޑައެޅޭނީ ލަފާ ލިބުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖް ކަނޑައަޅަން ވޭޖް ބޯޑުން ދޭންޖެހޭ ލަފާ އަދި ނުލިބޭ ކަމަށާއި ވޭޖް ކަނޑައެޅޭނީ ލަފާ ލިބުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު "މިހާރު" އަށް ވިދާޅުވީ، މިނިމަމް ވޭޖާ ގުޅޭ ގޮތުން ބޯޑުން ނިންމި ގޮތް އަދި ހާމަނުކުރާ ކަމަށާއި އެ ބޯޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

"މިނިމަމް ވޭޖް ބޯޑުން ވަރަށް އަވަހަށް އަޅުގަނޑާ ހިސާބަށް ފޮނުވާނެ ކަމަށް ވިދާޅުވަމުން ދަނީ. އެހެންވެގެން އަޅުގަނޑު ވެސް ދާދި އަވަހަށް އިއުލާނުކުރާނެ ކަމަށް ބުނަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ވެސް ފައްޔާޒު ވަނީ ވަރަށް އަވަހަށް މިނިމަމް ވޭޖް ކަނޑައަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ވޭޖް ބޯޑަކީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ. ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމާފައި ވަނީ 4000ރ. އާއިި 8000.ރ އާ ދެމެދުގެ އަދަދުތަކުން ކަމަށެވެ. މިނިމަމް ވޭޖް ކަނޑައަޅަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިނިމަމް ވޭޖް އަލުން ކަނޑައަޅަނީ ކޮވިޑާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް އައި ބަދަލުތަކާ ގުޅިގެންނެވެ.