21 ސެޕްޓެމްބަރ 2021
ފަލަސްތީނު މިނިވަންކޮށްދީގެން ދުނިޔޭގެ އެހެން ގައުމުތަކަށް މަދުވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރައްވައި، އެ ގައުމުގެ މިނިވަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.
ފަލަސްތީނު މިނިވަންކޮށްދީގެން ދުނިޔޭގެ އެހެން ގައުމުތަކަށް މަދުވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރައްވައި، އެ ގައުމުގެ މިނިވަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.
އދ.ގެ އާއްމު މަޖިލީހުގެ 76 ވަަނަ ސެޝަނުގައި ދިވެހި ބަހުން ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އެ މަޖިލީހުން ފަލަސްތީނު މީހުންގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމި ނިންމުންތައް ގިނަ ކަމަށެވެ. އެހެންނަަމަވެސް މަދުވާ އަދި ނުވެސް ލިބި އޮތް އެއްޗަކީ ފަލަސްތީނު މީހުންގެ ހައްގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާއްމު މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ފުރުސަތު ރައީސަށް ލިބިވަޑައިގަތީ، ދުނިޔެ އިން ރާއްޖެ ބަލައިގެންފައި ވާތީ ކަމަށް ވިދާޅުވެ، އެމަނިކުފާނު ސުވާލުކުރެއްވީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަަތުމުން "ދުނިޔެ އަށް މަދުވަނީ ކޮންއެއްޗެއްތޯ" އެވެ.
"އެ ބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލުކުރާ ދިވެހިން ބޭނުން ވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން. އެ މީހުންނަށް އެ މީހުންގެ މިނިވަން ކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލުން،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަނުގައި 2019 ވަނަ އަހަރު ކުރެއްވި ތަގުރީރުގައި ވެސް ރައީސް ވަނީ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ. ެ ފަހަރު ރައީސް ވިދާޅުވީ މެދުއިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ އިޒްރޭލު ވެސް އޮތުމާ އެކު ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމްކޮށްދިނުން ކަމަށެވެ. އެގޮތުން ގާއިމްކުރާ ދައުލަތުގެ ވެރިރަށަކަށް ވާން ޖެހޭނީ އިރުމަތީ ގުދުސް ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.
އެކަމަކު "ޓޫ ސްޓޭޓް ސޮލިއުޝަން"ގެ ގޮތުގައި ބައިނަލް އަގުވާމީ މުޖުތަމައުން ގެންގުޅޭ އެ ސިޔާސަތުގެ ވާހަކަ މިފަހަރު ނުދައްކަަވަ އެވެ.
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ
ފަލަސްތީނުގެ ޝުކުރު ރާއްޖެ އަށް
އިޒްރޭލުގެ އަމަލު ކުށްވެރިކުރަން ސިޑްސް އަށް ގޮވާލައިފި
ފަލަސްތީނުގެ އަޑު އެއް ވޯޓުން ކަނޑުވައިލުން ލަދުވެތި
ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން