12 ޖުލައި 2024
ރާއްޖެއިން 1.2 މިލިއަން ޑޮލަރު، (19.8 މިލިއަން ރުފިޔާ)ގެ އެހީ ފަލަސްތީނަށް ހަދިޔާކުރަން ނިންމައިފި އެވެ.
ރާއްޖެއިން 1.2 މިލިއަން ޑޮލަރު، (19.8 މިލިއަން ރުފިޔާ)ގެ އެހީ ފަލަސްތީނަށް ހަދިޔާކުރަން ނިންމައިފި އެވެ.
އދ.ގެ މައި މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ "އަންރުވާ ޕްލެޖިން ކޮންފަރެންސް"ގައި، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ 1.29 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ރާއްޖެއިން ފަލަސްތީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރާނެ ކަމަށެވެ.
ނަސީރު ވަނީ ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުން އަންނަ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަން ވެސް އެ ކޮންފަރެންސްގައި އިއުލާންކުރައްވައިފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ "ފަލަސްތީނާ އެކު ދިވެހިން" ގެ ޓެލެތޯނަށް ލިބުނު 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ވެސް އެ ކޮންފަރެންސް މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ހަދިޔާކުރާނެ ކަމަށް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތެރިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާ އިން ކުރާ މަސައްކަތް ނަސީރު ފާހަގަކުރެއްވި އެވެ. އެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ މާލީ އެހީތެރިިކަން އިތުރުކުރަން ވެސް ބައިނައިލްއަގްވާމީ މުޖުތަމައުއަށް އޭނާ ގޮވާލެއްވި އެވެ.
މީގެ ނުވަ މަސް ކުރިން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 38،000 އަށް ވުރެ ގިނަ ބަޔަކު ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުގެ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބެލެވޭ އެތައް ކަމެއް ހުރުމުން ވަގުތުން އެކަން ހުއްޓާލުމަށާއި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް އަމަލުތައް ބަދަލުކޮށް އެކަން އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އަންގަން އަމުރުކޮށްފައި ވިޔަސް އިޒްރޭލުން އެކަމަށް ތަބައެއް ނުވެ އެވެ. އަދި އދ. އާއި އެކި ގައުމުތަކުގެ ގޮވާލުންތަކަށް ވެސް އަޅައެއް ނުލަ އެވެ.
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ
ފަލަސްތީނު މިނިވަންކޮށްދީގެން މަދުވަނީ ކޮންއެއްޗެއް؟
ފަލަސްތީނަށް އެހީވާން އެެއްކުރި ފައިސާ ފޮނުވައިފި
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
އަގްސާގައި ފައްޅި އަޅަން ގޮވާލުން ކުށްވެރިކޮށްފި