ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އދ. ގައި ބޭއްވި ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
29 ޖުލައި 2025
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އދ. ގައި ބޭއްވި ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން"ގައި ރާއްޖެއިން ބައިވެރިވާ ކަމަށެވެ.
ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށާއި އެ ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އޭނާ ތަގުރީރުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގައި ރާއްޖެ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ އާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖެއިން ދޭ އެއްބާރުލުން ރަމްޒުކޮށްދޭ ކަމަށެވެ.
Maldives participation in the High-level International Conference for the Peaceful Settlement of the Question of Palestine and the Implementation of the Two-State Solutions
— Ministry of Foreign Affairs ?? (@MoFAmv) July 28, 2025
?Press Release | https://t.co/VSql3GOVo2 pic.twitter.com/YrylZPS4hs
އދ. ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައެޅުމަށް ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ،
މިނިސްޓްރީން ބުނީ އެ ކޮންފަރަންސް ބާއްވަނީ އދ. ގެ އާންމު މަޖިލީހުގެ "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގަރާރުގެ ދަށުން ކަމަށެވެ.
ފްރާންސާއި ސައުދީ އަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައި-ލެވެލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިނިސްޓްރީއަލް ބައްދަލުވުމުގައި އެ ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި، މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ އިސްކަން ދެއްވި އެއް ކަމަކީ ފަލަސްތީނުގެ ދިފާއުގައި ރާއްޖެ އިން އަޑު އުފުލާ އުފުލުން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ބައިވެރިވުން ވަރުގަދަ ކުރުމެވެ.
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
މިނިސްޓަރު ޝަހީމަށް އެމެރިކާ ވިސާ ނުދީ ހިފަހައްޓައިފި
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ
ފަލަސްތީނު މިނިވަންކޮށްދީގެން މަދުވަނީ ކޮންއެއްޗެއް؟
ފަލަސްތީނު ދައުލަތް ބަލައިގަތް ގަރާރަށް ރާއްޖޭގެ ވޯޓު