19 އޮކްޓޯބަރ 2023
އދ. ގެ އެންމެ ބާރުގަދަ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް ކުދި ގައުމުތަކަށް ހާއްސަ ކުރަން ރާއްޖެ އިން އިސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އދ. ގެ އެންމެ ބާރުގަދަ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް ކުދި ގައުމުތަކަށް ހާއްސަ ކުރަން ރާއްޖެ އިން އިސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ހިންގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ފަލަސްތީނުގެ ހައްގުގައި ހަރުދަނާ ނިންމުމެއް އދ. ގެ ގައުމުތަކަށް ނުނިންމޭ މައިގަނޑު އެއް ސަބަބަކީ ބޮޑެތި ފަސް ގައުމަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ކަމަށެވެ.
"...ގަރާރެއް ފާސްކުރިޔަސް އިނގިރޭސި ބަހުން ދަންނަވާ ކަމަށް ވަންޏާ ނުހުރޭ ދަތެއް. ދެން ހުއްޓުމަކަށް އަންނަ ވަރުގެ ދަތެއް ހުރެއްޖިއްޔާ ގަބޫލު ނުކުރަނީ،" ޝާހިދު ވިދާޅުވި އެވެ.
އދ. ގައި ރާއްޖެ ހިމެނެނީ ކުދި ގައުމުތަކުގެ ތެރޭގައި ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެ ޖަމިއްޔާގެ މެމްބަޝިޕަށް ބަލާއިރު އެންމެ ފަސްކުޅަ އެއްބައި ކަމަށެވެ.
އެކަމަކު ކުދި ގައުމުތައް އެއްވުމުން އދ. ގައި ރާއްޖޭގެ ވެސް އަޑުގަދަވާ އިރު، ސެކިއުރިޓީ ކައުންސިލް އަލުން އެކުލަވާލުމަށް މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގައި ކުދި ގައުމުތަކަށް ގޮނޑިއެއް ހާއްސަ ކުރުމަށް މަސައްކަތް ކުރާ ކަން ޝާހިދު ވިދާޅުވި އެވެ.
"ސެކިއުރިޓީ ކައުންސިލް އަލުން އެކުލަވާލުމަށް ދެއްކެވޭ ވާހަކަތަކުގައި އަޅުގަނޑުމެން ވަކާލާތު ކުރަމުން މި ގެންދަނީ ކުދި ގައުމުތަކަށް ވަކިން ސީޓެއް ހުންނަން ޖެހޭނެ އޭ. އޭރުން އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކަށް އަޑު އުފުލުމުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެން ފަލަސްތީނުގެ އަޑު ވެސް މިހާރަށް ވުރެ ގަދަ އަށް އުފުލާނަން. ކުދި ގައުމުތަކުން އެކަން ކުރާނެ."
ޖުމްލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ކައުންސިލްގައި ފަސް ދާއިމީ މެމްބަރުންނާއި 10 ވަގުތީ މެމްބަރުން ތިބޭ އިރު، އޭގެ ތެރެއިން ކޮންމެ އަހަރަކު ފަސް ގޮނޑިއަކަށް ގައުމުތައް އިންތިހާބު ކުރެ އެވެ.
ވީޓޯ ކުރުމުގެ ބާރާ އެކު ސެކިއުރިޓީ ކައުންސިލްގެ ފަސް މެމްބަރުންގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ އާއި ޗައިނާ އާއި ފްރާންސާއި ރަޝިއާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަނގުރާމެރި ޖަމާއަތެއް ކަމަށްވާ ހަމާސް އާއި އިޒްރޭލްގެ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންދާ އިރު، ޝާހިދު ވިދާޅުވި ގޮތުގައި މިހާރު ފަލަސްތީނުގައި އިޒްރޭލުން ހިނގަމުން އެ ދަނީ ފަހުގެ ތާރީހުގައި ދުނިޔެ ނުދެކޭ ފަދަ އަނިޔާވެރި އަމަލުތައް ކަމަށެވެ.
އެއާ އެކު، އެ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލައި، ފަލަސްތީނުގެ ހައްގުތައް ދިނުމަށް ގޮވާލައި ފަސްޖެހުމެއް ނެތި ރާއްޖެ އިން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
ރާއްޖެ ކުޑަޔަސް ފަލަސްތީނަށްޓަކައި އުފުލާ އަޑު ގަދަ
ފަލަސްތީނު މިނިވަންކޮށްދީގެން މަދުވަނީ ކޮންއެއްޗެއް؟
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ހަނގުރާމަ ހުއްޓާލުމުގެ ގަރާރު އެމެރިކާއިން ވީޓޯކޮށްފި