31 އޯގަސްޓް 2021
ނިއު ޔޯކް (އޮގަސްޓް 31) - ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ނިއުޔޯކަށް ޖާމާވެފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ދުނިޔޭގެ ޓެނިސް ފެޑްރޭޝަން، އައިޓީއެފް އިން ބާރު އަޅައިފި އެވެ.
ނިއު ޔޯކް (އޮގަސްޓް 31) - ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ނިއުޔޯކަށް ޖާމާވެފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ދުނިޔޭގެ ޓެނިސް ފެޑްރޭޝަން، އައިޓީއެފް އިން ބާރު އަޅައިފި އެވެ.
ޓެނިހުގެ އެންމެ މަޝްހޫރު ތަރިން ވެކްސިން ޖަހަން ބޭނުން ނުވާ މައްސަލަ އައިޓީއެފްގެ ސަމާލު ކަމަށް ވަނީ އައިސްފަ އެވެ. ދުނިޔޭގެ ޓެނިހުގެ ފިރިހެން ރޭންކިންގެ ތިން ވަނަ ކުޅުންތެރިޔާ ސްޓެފަނޯސް ސިޓްސީޕާސް ވަނީ ވެކްސިން ޖަހަން ބޭނުން ނުވާކަން ހަމަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
އޭނާ އެކަންޏެއް ވެސް ނޫނެނެވެ. މަޝްހޫރު އެހެން ބައެއް ކުޅުންތެރިން ވެސް ވަނީ ވެކްސިން ޖަހަން ބޭނުން ނުވާކަން ހާމަކޮށް ވާހަކަ ދައްކައިފަ އެވެ. ދުނިޔޭގެ އަންހެން ރޭންކިންގެ ދެ ވަނަ އަރީނާ ސަބަލެންކާ ވެސް ވަނީ ވެކްސިނަށް އިތުބާރު ނުކުރާކަން ހާމަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
"ހަމަ ހަގީގަތުގައި ވެސް އަހަރެން އެއަށް (ވެކްސިނަށް) އިތުބާރު ނުކުރަން،" ސަބަލެންކާ މާޗު މަހު ބުނެފައި ވެ އެވެ. "އަހަރެން ބޭނުމެއް ނެތް އަހަރެންގެ އާއިލާ ވެސް އެ ޖާހަކަށް. ވެކްސިން ޖަހަން ޖެހޭ ނަމަ ވެކްސިން ޖެހުމުގެ ކުރިން އެކަމާ އަހަރެން ވަރަށް ބޮޑަށް ވިސްނާނަން."
އޭރު އޭނާ ދެއްކި ވާހަކަތައް ފަހުން ބަދަލުކުރި ކަމެއް އެނގިފައެއް ނުވެ އެވެ
އައިޓީއެފްގެ ސަބް އެސޯސިއޭޝަންތައް މެދުވެރިކޮށް އެ ފެޑްރޭޝަނުން ދަނީ ކުޅުންތެރިން ވެކްސިން ޖަހަން ބާރު އަޅަމުންނެވެ. ވިމެން ޓެނިސް އެސޯސިއޭޝަންގެ ސްޕޯކްޕާސަން ވިދާޅުވީ އެ އެސޯސިއޭޝަންގެ ދަށުގައިވާ ކުޅުންތެރިންގެ 50 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ ޓާގެޓަކީ މި އަހަރު ނިމެންވާއިރު 85 ޕަސެންޓް ކުޅުންތެރިން ވެކްސިން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ވެކްސިން ޖެހުމަކީ ކުޅުންތެރިންގެ އަމިއްލަ ނިންމުމެއް،" ޑަބްލިއުޓީއޭގެ ސްޕޯކްސް ޕާސަންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ. "ކުޅުންތެރިންގެ އެ ނިންމުމަށް އަހަރެމެން އިހުތިރާމް ކުރަން."
ފިރިހެން ކުޅުންތެރިންގެ އެސޯސިއޭޝަން، އޭޓީޕީން ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ ދަށުގައިވާ ކުޅުންތެރިންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ ކުޅުންތެރިން ވެކްސިން ޖަހާފައިވާ ކަމަށެވެ.
"އަހަރެމެން މިދަނީ ވަރަށް ބޮޑަށް އެކަމަށް ބާރު އަޅަަމުން. އަދި ވެކްސިންގައި ހުރި ސައިންޓިފިކް ފައިދާތަކާއި އޭގެ މުހިންމުކަން އަހަރެމެން މިދަނީ ހާމަ ކޮށްދެމުން،" އޭޓީޕީގެ ސްޕޯކްޕާސަން ވިދާޅުވި އެވެ.
ދުނިޔޭގެ އެއް ވަނަ ހޯދުމުގެ ރޭހުގައި އަލްކަރާޒާއި ރޫޑް
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
ޗެމްޕިއަން ތިއެމް: "ނަސީބު އަތުގައި ހިފައިފި"
ސެރީނާ އަށް މި ފަހަރު ވެސް ނާކާމިޔާބު
ޔޫއެސް އޯޕަން ބޮއިކޮޓްކުރަން ކުޅުންތެރިން ނިންމަނީ
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް