09 ސެޕްޓެމްބަރ 2022
ނިއު ޔޯކް (ސެޕްޓެމްބަރު 9) - ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ދުނިޔޭގެ އެއް ވަނަ ހޯދުމުގެ ރޭހުގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ނޯވޭގެ ކެސްޕާ ރޫޑް ކުރިއެރުން ހޯދައިފި އެވެ.
ނިއު ޔޯކް (ސެޕްޓެމްބަރު 9) - ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ދުނިޔޭގެ އެއް ވަނަ ހޯދުމުގެ ރޭހުގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ނޯވޭގެ ކެސްޕާ ރޫޑް ކުރިއެރުން ހޯދައިފި އެވެ.
ދުނިޔޭގެ އެއް ވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވް އާއި ދެ ވަނައިގައި އޮތް ސްޕެއިންގެ ރަފައެލް ނަޑާލް ބަލިވެފައި ވުމާ އެކު، މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްގެން ދެ ކުޅުންތެރިންނަށް ވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. ފައިނަލުގައި ދެ ކުޅުންތެރިން ވާދަކުރާ ނަމަ، މޮޅުވާ ކުޅުންތެރިއަކަށް އެއްވަނަ ލިބޭނެ އެވެ. އެކަމަކު ދެ ކުޅުންތެރިން ވެސް ސެމީ ފައިނަލުގައި ބަލިވެއްޖެ ނަމަ ނަޑާލް އަށް އެއްވަނަ ލިބޭނެ އެވެ.
އުމުރުން 19 އަހަރުގެ އަލްކަރާޒް ސެމީ ފައިނަލަށް ދަތުރުކުރީ، ކުއާޓާ ފައިނަލުގައި އިޓަލީގެ ޔަނިކް ސިނާ އާ ވާދަކޮށް، ފަސް ސެޓަށް ދެމިގެން ދިޔަ ވާދަވެރި މެޗު 6-3، 6-7 (7-9)، 6-7 (0-7)، 7-5 އަދި 7-6 އިން ކާމިޔާބު ކޮށްގެންނެވެ.
އަލްކަރާޒް (ކ) އާއި ސިނާ، މެޗަށް ފަހު ސަލާން ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ އަލްކަރާޒް، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ފްރެންޗް އޯޕަން އާއި މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ކުއާޓާ ގައި އޭނާ ވާދަކުރި އެވެ. އެންމެ ފަހުން ކުޅުނު ވިމްބެލްޑަންގެ ކުއާޓާ އަށް ނުގޮސް އަލްކަރާޒް ކެޓީ، ހަތަރު ވަނަ ބުރުގެ މެޗުގައި ސިނާ އަތުން ބަލިވެގެންނެވެ.
ސެމީ ފައިނަލުގައި އަލްކަރާޒް ވާދަކުރާނީ، ކުއާޓާ ގައި ދުނިޔޭގެ ނުވަ ވަނައިގައި އޮތް ރަޝިއާގެ އަންޑްރޭ ރުބްލޭވް ބަލިކުރި އެމެރިކާގެ ފްރަންސެސް ޓިއަފޯ، 24 އާ ދެކޮށަށެވެ. ޓިއަފޯ ކުއާޓާ އިން ޖާގަ ހޯދީ، ހަތަރުވަނަ ބުރުގައި ނަޑާލް ބަލިކޮށްފަ އެވެ. އޭނާ ރުބްލޭވް ބަލިކުރީ ސީދާ ތިން ސެޓުން، 7-6 (7-3)، 7-6 (7-0) އަދި 6-4 އިންނެވެ.
ރޭންކިންގެ ހަތް ވަނައިގައި އޮތް ރޫޑް، 24، ސެމީ އިން ޖާގަ ހޯދީ، އިޓަލީގެ މަޓެއޯ ބެރެޓިނީއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 6-1، 6-4 އަދި 7-6 (7-4) އިންނެވެ.
ރޫޑް (ކ)، އާއި ބެރެޓިނީ، މެޗުގެ ކުރިން.-- ފޮޓޯ: އޭއެފްޕީ
މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ގައި އަނިޔާގެ ސަބަބުން ރޫޑް ވާދަ ނުކުރި އިރު، ފްރެންޗް އޯޕަން ގައި އޭނާ ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެއީ އޭނާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ވިމްބެލްޑަންގައި މުބާރާތުން ކެޓީ ދެ ވަނަ ބުރުން ބަލިވެގެންނެވެ.
ރޫޑް އާ ދެކޮޅަށް ސެމީ ފައިނަލުގައި ނުކުންނާނީ ރަޝިއާގެ ކޭރެން ކަޗަނޯވް، 26، އެވެ. އޭނާ ވަނީ ކުއާޓާ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު، މެޑްވެޑޭވް ކަޓުވާލި އޮސްޓްރޭލިއާގެ ނިކް ކީރިއޯސް ބަލިކޮށްފަ އެވެ.
ކީރިއޯސް އާ ދެކޮޅަށް ކަޗަނޯވް ސެޓުތައް ގެންދިޔައީ 7-5، 6-4، 7-5، 6-7 (3-7) އަދި 6-4 އިންނެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުގައި، ރޭންކިންގެ އެއްވަނައިގައި އޮތް ޕޮލެންޑުގެ އީގާ ސްވިއަޓެކް ވާދަކުރާނީ ބެލަރޫސްގެ އަރީނާ ސެބަލެންކާ އާ އެވެ. އަދި ދެ ވަނަ ސެމީ ގައި ޓިއުނީޝިއާގެ އޮންސް ޖަބެއާ ނުކުންނާނީ ފްރާންސްގެ ކެރޮލައިން ގާސިއާއާ ދެކޮޅަށެވެ.
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
ޓެނިސް ތަރިން ވެކްސިނާ ދެކޮޅު މައްސަލަ ސަމާލުކަމަށް
ޗެމްޕިއަން ތިއެމް: "ނަސީބު އަތުގައި ހިފައިފި"
ސެރީނާ އަށް މި ފަހަރު ވެސް ނާކާމިޔާބު
ޔޫއެސް އޯޕަން ބޮއިކޮޓްކުރަން ކުޅުންތެރިން ނިންމަނީ
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް