މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން ޖޫނިއާ އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީން ރާއްޖޭގެ އާރާ އާސަލް އާޒިމު ޗެމްޕިއަންކަން ހޯދައިފި އެވެ.
23 އޯގަސްޓް 2025
މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން ޖޫނިއާ އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީން ރާއްޖޭގެ އާރާ އާސަލް އާޒިމު ޗެމްޕިއަންކަން ހޯދައިފި އެވެ.
ދުނިޔޭގެ ޓެނިސް ފެޑެރޭޝަނުން ގަބޫލު ކުރާ ޖޫނިއާ މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން، އާރާ ހޯދުމުން އޭނާ ވެފައިވަނީ އައިޓީއެފް މުބާރާތެއްގައި ރާއްޖޭގެ ފަސް ގަނޑުގައި ކުޅެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޑަބަލްސް އިވެންޓްގައި އާރާގެ ޕާޓްނަރަކީ ތައިލެންޑްގެ ޓަރީޓާ ހޮންސިޔާކެވެ. އެ ޕެއާއާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރީ ދެކުނު ކޮރެއާގެ ސަންހިއުން ޗޯ އާއި ޗައިނާގެ ޔައިޝަން ޝޫ އެވެ.
އާރާ އާއި ޓަރީޓާގެ ޕެއާއިން މެޗު ކާމިޔާބު ކުރީ 6-2 އަދި 6-1 ންނެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ސިންގަލްސް ބައިން އެންމެ ބޮޑު ކުރި އެރުމެއް ހޯދީ ނަބާ ނިޝާން އެވެ.
އޭނާ ވަނީ އެ ކެޓަގަރީން ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުން، ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި އާރާ އާއި ޓަރީޓާގެ ޕެއާ އަތުން ބަލިވި ޕެއާގައި ހިމެނުނު ކޮރެއާގެ ސަންހިއުން އެވެ.
ފިރިހެން ޑަބަލްސް ކެޓަގަރީގެ ފައިނަލަށް ރާއްޖޭގެ މުހައްމަދު ނޫހް ނާޒިހާއި ދާއޫދު ޝަހީބުގެ ޕެއާ ދަތުރު ކުރި އެވެ. ސެމީގައި އެ ޕެއާ ބަލިވީ ސްވިޒަލެންޑްގެ ޗާލީ ބާޒަލް އާއި ތައިލެންޑްގެ ދަންތައި ޓާކޮންގެ ޕެއާ އަތުންނެވެ.
ޗާލީ އާއި ދަންތައިގެ ޕެއާއިން މެޗު ކާމިޔާބު ކުރީ 7-6 އަދި 7-3 ންނެވެ.
އެންޑީ މަރޭ ގޮލްފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
އިރާނުގެ ކޯޗު ފިޔަވައި އެހެންއެންމެން ރާއްޖެ އަތުވެއްޖެ
ތޮއްޑޫގެ ތާރީހީ ޓެނިސްމުބާރާތުގެ އެއް ޕާޓްނަރަކީ ދިރާގު
އުރުދުންގައި ތާށިވި ޓީމު ހުކުރުގައި އެނބުރި އަންނަނީ
ތާރީހީ ފައިނަލެއް، އަލްކަރާޒް ފްރެންޗް އޯޕަން ހޯދައިފި
ޖޮކޮވިޗްގެ ޔޫނިއަނުން އެސޯސިއޭޝަންތަކާ ދެކޮޅު
މަނާބޭހުގެ މައްސަލައިގައި ސިނާ އަށް ލުއި އަދަބެއް
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި