މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކޯ ފައުންޑަރެއްގެ ގޮތުގައި ހުރެ އުފައްދާފައިވާ ޕްރޮފެޝަނަލް ޓެނިސް ޕްލޭޔާސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން ވަނީ، ވާދަވެރިކަމާ ދެކޮޅު އުސޫލުތަކާއި ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ފަރުވާ ނުބަހައްޓާކަމަށް ބުނެ ޓެނިހުގެ ބެލެނިވެރި ފަރާތްތަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކޯ ފައުންޑަރެއްގެ ގޮތުގައި ހުރެ އުފައްދާފައިވާ ޕްރޮފެޝަނަލް ޓެނިސް ޕްލޭޔާސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން ވަނީ، ވާދަވެރިކަމާ ދެކޮޅު އުސޫލުތަކާއި ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ފަރުވާ ނުބަހައްޓާކަމަށް ބުނެ ޓެނިހުގެ ބެލެނިވެރި ފަރާތްތަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޕީޓީޕީއޭ އިން، އޭޓީޕީ ޓުއާ، ޑަބްލިއުޓީއޭ ޓުއާ، ބައިނަލްއަގުވާމީ ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އަދި އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީ (އައިޓީއައިއޭ) ގެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅީ ނިއުޔޯކުގައި ހުންނަ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށެވެ.
މި ދައުވާގައި ޕީޓީޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ނައްސާރު ބުނެފައިވަނީ، "ޓެނިސް އޮތީ ހަލާކުވެފައި" ކަމަށެވެ. އަމިއްލަ ހުނަރު ތަރައްގީ ކުރެވުނަސް ލިބޭ އާމްދަނީ ލިމިޓް ކުރަން ޖެހި، ކުޅުންތެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ވިސްނާ ސިސްޓަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެ އެވެ.
މިނެއް ނެތި ކުޅުންތެރިންގެ ޑިވައިސްތައް ތަހުލީލު ކުރުމާއި ރޭގަނޑު މެންދަމު ރެންޑަމް ޑްރަގް ޓެސްޓް ހެދުވުމާއި ހާޒިރުގައި ގާނޫނީ ފަރާތެއް ނެތި ކުޅުންތެރިންނާ ސުވާލު ކުރުން ފަދަ ކަންކަން ޓެނިހުގެ ބެލެނިވެރިފަރާތްތަކުން ކުރާކަމަށް ޕީޓީޕީއޭގެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން 100 ޑިގްރީ ފެރެންހައިޓްގެ ހޫނުމިނުގައި ކުޅެން މެޗުތައް ރޭވުމާއި، މެންދަމު 3 ޖަހަންދެން މެޗުތައް ދިގުލައިދާ ހާލަތްތަކަށް ބެލުމެއް ނެތި މެޗުތައް ރާވާކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ.
ޓީޕީޓީއޭ އިން ހާމަކުރި ގޮތުގައި މައްސަލަ ކޯޓާ ހަމައަށް ގެންދަން ޖެހުނީ އެ ފަރޓްތަކާ މުއާމަލާތް ކޮށްގެން ވެސް ހައްލެން ހޯދައިދޭން މަސައްކަތްކޮށްފައި ނުވާތީ އެވެ.
ފިރިހެން ޓެނިސް ކުޅުންތެރިންގެ ބެލެނިވެރި އިދާރާ، އޭޓީޕީ އާއި އަންހެން ޓެނިސް ކުޅުންތެރިންގެ ޑަބްލިއުޓީއޭ އިން ވަނީ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. ހަމަ އެއާއެކު ޕީޓީޕީއޭ އިން އަންނަނީ ބައިބައިވުންތައް އުފައްދައި ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން ކަމަށް ވެސް ބުނެ އެވެ.
ކާފިއުއާ ހެދި ޖޮކޮވިޗަށް މެޗު ނިންމުނީ ދެ ދުވަހުން
އޮސްޓްރޭލިއާއިން ޑީޕޯޓްކުރި ޖޮކޮވިޗަށް އަލުން ވިސާ ދީފި
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
މިފަހަރު ކާމިޔާބެއް ނުވި، ޖޮކޮވިޗް ޑިޕޯޓް ކޮށްލައިފި
ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް، މުބާރާތުން ފެނިދާނެ
ޖޮކޮވިޗާ އެކު ސާބިއާ ޑޭވިސް ކަޕުން ކަޓައިފި
ކަރަންޓީނު އުސޫލާ ދެކޮޅަށް ޖޮކޮވިޗް ވާހަކަ ދައްކައިފި
ޖޮކޮވިޗް އަތުން އަނެއްކާވެސް ލައިން ޖަޖެއްގައި ޖެހިއްޖެ
ކޮވިޑަށް ޕޮޒިޓިވްވެ ޖޮކޮވިޗް މާފަށް އެދިއްޖެ
ޝަންހާއީ ތަށި ކާމިޔާބުކޮށް ޖޮކޮވިޗްގެ ހާއްސަ އަމާޒެއް