އީރާނާއި، އިޒްރޭލުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، އުރުދުންގައި ބާއްވަން ހަމަޖެއްސި ޓެނިސް މުބާރާތެއް ކެންސަލްކޮށް، އެ މުބާރާތުގައި ބައިވެރިވާން ދިޔަ ދިވެހި ޓީމު ހުކުރު ދުވަހު އެނބުރި ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
18 ޖޫން 2025
އީރާނާއި، އިޒްރޭލުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، އުރުދުންގައި ބާއްވަން ހަމަޖެއްސި ޓެނިސް މުބާރާތެއް ކެންސަލްކޮށް، އެ މުބާރާތުގައި ބައިވެރިވާން ދިޔަ ދިވެހި ޓީމު ހުކުރު ދުވަހު އެނބުރި ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖޭގެ ފަސް ކުޅުންތެރިން ހިމެނޭ ޓީމާ އެކު ކުޅުންތެރިންގެ ބެލެނިވެރިން ވެސް އުރުދުންއަށް ދިޔަ އެވެ.
އުރުދުންގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ކުޅުންތެރިޔެއްގެ ބެލެނިވެރިޔަކު ބުނީ މިހާރު ހަމަލާ ބަދަލުކުރަމުންދާތީ އުރުދުން އޮތީ އާންމު ހާލަތެއްގައި ނޫން ކަމަށެވެ.
"އަހަރެމެން މިކޮޅަށް އައީ (މިމަހު) 12 ވަނަ ދުވަހުގެ ރޭގަނޑު، 13 ވަނަ ދުވަހުގެ ފަތިހު ހަނގުރާމަ ފަށައިފި،" ބެލެނިވެރިޔާ ބުންޏެވެ.
އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. ކުރިން އެންގުމަކާ ނުލައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު ވަނީ ހޫނު ވެފަ އެވެ. އަދި އިޒްރޭލާއި އިރާނާ ދެމެދު ވަނީ ހަނގުރާމައެއްގެ ހުޅު ފަޅައިގެން ގޮސްފަ އެވެ.
ޖިއޮގްރަފީ ގޮތުން އުރުދުން އޮންނަނީ އިޒްރޭލާއި އިރާނާ ދެމެދުގަ އެވެ. އިޒްރޭލާއި އިރާނާ ދެމެދު ބަދަލުކުރަމުންދާ މިސައިލް ހަމަލާތައް ދެމުންދަނީ އުރުދުންގެ ވައިގެ ސަރަހައްދު ހުރަސްކޮށްފަ އެވެ.
"އަހަރެމެންނަށް ފުރަން މަސައްކަތް ކުރި ނަމަވެސް އޭރު ފުރޭ ގޮތެއް ނުވި ފުރަތަމަ،" ބެލެނިވެރިޔާ ބުންޏެވެ.
އެކަމަކު ދިވެހި ޓީމު ރާއްޖެ އަންނަން ހުކުރު ދުވަހަށް ޓިކެޓް ހަމަޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ފްލައިޓް ކެންސަލް ނުވާނެކަމަށް،" ބެލެނިވެރިޔާ ބުންޏެވެ.
އިރާނުގެ ކޯޗު ފިޔަވައި އެހެންއެންމެން ރާއްޖެ އަތުވެއްޖެ
ޓެނިސް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު
އެންޑީ މަރޭ ގޮލްފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
މޯލްޑިވްސް އޯޕަންގައި ޑަބަލްސް ޗެމްޕިއަންކަން އާރާއަށް
ހަނގުރާމައިގެ އަސަރަށް ތައްޔާރުވާން ކުއްލި މައްސަލައެއް
ހަނގުރާމައިން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ބަލަނީ
ދަތުރުފަތުރަށް ބުރޫ އެރުމުން ދަތިތައް ބަލަނީ
މެދުއިރުމަތީގައި ތިބި ދިވެހިންގެ ހާލު އަންނަނީ ބަލަމުން
އިރާނަށް އިތުރު ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވަފާނެ
ރާއްޖެއަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ!