Roadha Mihaaru

ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދައިފި

ހަތަރު ސެޓުން އިޓަކީގެ ޔަނިކް ސިނާ ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.

ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދައިފި

ހަތަރު ސެޓުން އިޓަކީގެ ޔަނިކް ސިނާ ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.

އުމުރުން 22 އަހަރުގެ އަލްކަރާޒް 6-2، 3-6، 6-1، 6-4 އިން މޮޅުވެ އޭނާގެ ދެ ވަނަ ޔޫއެސް އޯޕަން ތަށި ހޯދިއިރު، މިހާރު ގްރޭންޑް ސްލޭމްގެ ޖުމްލަ ވަނީ ހަޔަކަށް އަރައިފަ އެވެ. އޭނާ ވަނީ ވިމްބަލްޑަން އާއި ފްރެންްޗް އޯޕަން ވެސް، ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މިހާތަނަށް ކާމިޔާބުނުކުރެވެނީ އޮސްޓްރޭލިއަން އޯޕަން އެވެ.

"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ،" އަލްކަރާޒް ބުންޏެވެ. "މި ތަށި އުފުލާލަން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މި އައީ. މިއީ އަހަރެންގެ ދެ ވަަނަ ޔޫއެސް އޯޕަން. އެކަމަކު މިއީ ހުވަފެނެއް ހަގީގަތަކަށްވުން."

ހާޑް ކޯޓް ގްރޭންޑް ސްލޭމުގައި ސިނާގެ މޮޅުވުމުގެ ސިލްސިލާ 27 މެޗަށް ފަހު ނިމުމަކަށް ގެނެސް، އަލްކަރާޒަށް ދެން އޮތް އުފަލަކީ އަނެއްކާ ވެސް ދުނިޔޭގެ އެއް ވަނަ އަށް އެރުމެވެ.

"އެއީ އަހަރެންގެ ފުރަތަމަ ޓާގެޓަކީ ވެސް. އަލުން ދުނިޔޭގެ އެއް ވަނަ ހޯދުން،" ޖޫން މަހު ފްރެންޗް އޯޕަން ފައިނަލުން ވެސް ސިނާގެ މައްޗަށް ކުރި ހޯދި އަލްކަރޭޒް ބުންޏެވެ.

ސިނާ ބުނީ އޭނާގެ އެންމެ މޮޅު ކުޅުން ދެއްކި ކަމަށާއި، އެކަމަކު އަލްކަރޭޒް އެއަށް ވުރެ މޮޅަށް ކުޅުމުން ތަށި ހައްގުވީ ކަމަށެވެ.

ނިއު ޔޯކުގައި އޮތް ފައިނަލް މެޗު ބައްލަވާލެއްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ފަހަކަށް އައިސް ވަރަށް ގިނަ ކުޅިވަރު އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން ފެބްރުއަރީ މަހު އޮތް އެންއެފްއެލް ސުޕަ ބޯލް މެޗާއި، ޖުލައި މަހު އޮތް ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗު ބައްލަވާލެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަތެވެ.