Roadha Mihaaru
ފެޑެރާގެ ރެކޯޑްމުގުރާލައި ޖޮކޮވިޗް ޔޫއެސްއޯޕަން ސެމީއަށް

ފެޑެރާގެ ރެކޯޑް މުގުރާލައި ޖޮކޮވިޗް 47 ވަނަ ގްރޭންޑް ސްލޭމްގެ ސެމީ އަށް

06 ސެޕްޓެމްބަރ 2023

ނިއު ޔޯކް (ސެޕްޓެމްބަރު 6) - މިދިޔަ އަހަރު ކުޅުން ހުއްޓާލި ދުނިޔޭގެ ޓެނިސް ލެޖެންޑް، ސްވިޒަލެންޑްގެ ރޮޖާ ފެޑެރާއާ އެކު ހިއްސާކުރި ރެކޯޑް މުގުރާލައި، ސާބިއާގެ ނޯވަކް ޖޮކޮވިޗް ރެކޯޑް 47 ވަނަ ގްރޭންޑް ސްލޭމް ސެމީ ފައިނަލަށް ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިއު ޔޯކް (ސެޕްޓެމްބަރު 6) - މިދިޔަ އަހަރު ކުޅުން ހުއްޓާލި ދުނިޔޭގެ ޓެނިސް ލެޖެންޑް، ސްވިޒަލެންޑްގެ ރޮޖާ ފެޑެރާއާ އެކު ހިއްސާކުރި ރެކޯޑް މުގުރާލައި، ސާބިއާގެ ނޯވަކް ޖޮކޮވިޗް ރެކޯޑް 47 ވަނަ ގްރޭންޑް ސްލޭމް ސެމީ ފައިނަލަށް ތައްޔާރު ވެއްޖެ އެވެ.

މިއަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ސެމީ ފައިނަލުން ޖޮކޮވިޗް ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި، ނުވަވަނައަށް ސީޑް ކޮށްފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒްއާ ވާދަކޮށް 6-1، 6-4، 6-4 އިން މޮޅުވެގެންނެވެ.

ސެމީ ފައިނަލްގައި ޖޮކޮވިޗް، 36، ވާދަކުރަން ޖެހެނީ ކުއާޓާގައި، 10 ވަނައަށް ސީޑް ކޮށްފައިވާ އެމެރިކާގެ ފްރާންސެސް ޓައިފޯ 3-1 ސެޓުން ބަލިކުރި އުމުރުން 20 އަހަރުގެ ބެން ޝެލްޓަންއާ އެވެ. ޝެލްޓަން އަކީ ވެސް އެމެރިކާގެ ކުޅުންތެރިއެކެވެ.

ޖޮކޮވިޗް ކުއާޓާގެ މެޗު ކާމިޔާބު ކުރުމަށް ފަހު، އިދިކޮޅުން ކުޅުނު ފްރިޓްޒް އާއެކު.-- ފޮޓޯ: އޭއެފްޕީ

ޖޮކޮވިޗް ކުއާޓާގެ މެޗު ކާމިޔާބު ކުރުމަށް ފަހު، އިދިކޮޅުން ކުޅުނު ފްރިޓްޒް އާއެކު.-- ފޮޓޯ: އޭއެފްޕީ

"މި އުމުރުގައި، ކެރިއަރުގެ މިހާ ހިސާބުގައި އަހަރެން ކޯޓަށް ފިޔަވަޅު އަޅާ ކޮންމެ ފަހަރަކީ ލިބޭ ބޮޑު ފުރުސަތެއް. ނޭނގޭ އިތުރަށް ހުރީ ކިހާ ފުރުސަތެއް ކަން ބުނެދޭކަށް. އެހެންވެ ލިބޭ ކޮންމެ ފުރުސަތެއްގައި އެންމެ ރަނގަޅަށް އުފާ ކުރެވޭތޯ މަސައްކަތް ކުރަނީ،" ފެޑެރާގެ ރެކޯޑް މުގުރާލެވުމުން ޖޮކޮވިޗް ބުންޏެވެ.

"މި ކޯޓުގައި އަހަރެން ވަރަށް ބައިވަރު ވަރުގަދަ މެޗުތަކެއް ކުޅެފިން. ކުރިއަށް އޮތް މެޗު ކުޅެން ކެތް މަދުވެފައި މި ހުންނަނީ."

އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ފިރިހެން ޓެނިސް ކުޅުންތެރިޔާގެ މަގާމް ވެސް އޮންނަ ޖޮކޮވިޗް މަސައްކަތް ކުރަމުން އަންނަނީ އޭނާގެ 24 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރާށެވެ. އޭނާ ވަނީ މިހާތަނަށް ތިން ފަހަރު ޔޫއެސް އޯޕަން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

އެންމެ ފަހުން ވިމްބެލްޑަން މުބާރާތުގެ ފައިނަލްގައި ޖޮކޮވިޗް ބަލިކުރި، މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް، 20، ގެ ކުއާޓާ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. އަލްކަރާޒް ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ އޭނާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ.

ކުއާޓާ ފައިނަލްގައި އަލްކަރާޒްއާ ދެކޮޅަށް ނުކުންނާނީ ޖަރުމަންގެ އެލެކްޒެންޑާ ޒްވެރޭވް އެވެ. މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށް ސެމީ ފައިނަލްގައި ނުކުންނާނީ ޑެނީލް މެޑްވެޑޭވް އާއި އެންޑީ ރުބްލޭވް ބައްދަލުކޮށް މޮޅުވާ ކުޅުންތެރިއެކެވެ.