13 ޖުލައި 2017
ލަންޑަން (ޖުލައި 13) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އެންޑީ މަރޭ އާއި ކުރީގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ކަޓައި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ރޮޖާ ފެޑެރޭ އަށް ބޮޑުވެއްޖެ އެވެ.
ލަންޑަން (ޖުލައި 13) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އެންޑީ މަރޭ އާއި ކުރީގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ކަޓައި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ރޮޖާ ފެޑެރޭ އަށް ބޮޑުވެއްޖެ އެވެ.
މަރޭ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓީ އެމެރިކާގެ ސޭމް ކުއޭރޭ އަތުންނެވެ. އުމުރުން 29 އަހަރުގެ ކުއޭރޭ އާއި މަރޭ ކުޅުނު މި މެޗުގެ ސެޓުތައް ދިޔައީ 3-6 6-4 6-7 (4-7) 6-1 6-1 އިންނެވެ. މި ކާމިޔާބީއާ އެކު ކުއޭރޭ ވެފައި ވަނީ 2009 ވަނަ އަހަރުގެ ވިމްބަލްޑަންގައި އެންޑީ ރޮޑިކް ސެމީ ފައިނަލުގައި ވާދަކުރި ފަހުން ގްރޭންޑްސްލޭމް މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ އެމެރިކާ ކުޅުންތެރިއާ އަށެވެ.
މި ފަހަރުގެ މުބާރާތުގެ ގަދަ 16 ކުޅުންތެރިންގެ ބުރުގައި އެޑްރިއަން މަނަރީނޯ އަތުން ޖޮކޮވިޗް މޮޅުވި މެޗުގައި ވެސް އޭނާ ވަނީ ކޮނޑުހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދައިފަ އެވެ. ޖޮކޮވިޗް މުބާރާތުން ވަކިވާން ޖެހުނީ ކުއާޓާ ފައިނަލުގައި ތޯމަސް ބާޑިޗާ ދެކޮޅަށް ކުޅުނު މެޗުގައި އުޅަބޮށްޓައް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ފްރެންޗް އޯޕަން ޗެމްޕިއަން ނަޑާލް ކެޓީ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ލަގްޒެމްބާގްގެ ގައިލްސް މުލާ އަތުންނެވެ
ފެޑެރާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ މިދިޔަ އަހަރުގެ ރަނަރަޕް މިލޮސް ރައޮނިޗް ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 6-4 6-2 7-6 (7-4) އިންނެވެ. މިއީ ވިމްބަލްޑަން މުބާރާތުގައި ފެޑެރާ މޮޅުވި 100 ވަނަ މެޗެވެ. އޭނާ އަަކީ އޯޕަން އިރާގައި ވިމްބަލްޑަން ޓެނިސް މުބާރާތުގައި 100 މޮޅު ހަމަކުރި ދެ ވަނަ ކުޅުންތެރިއާ އެވެ.
މިއީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ސެމީ ފައިނަލަށް ފެޑެރާ ދަތުރުކުރި 42 ވަނަ ފަހަރެވެ. ސެމީ ފައިނަލުގައި އަންނަ ހުކުރު ދުވަހު ފެޑެރާ ކުޅެން ޖެހެނީ ބާޑިޗްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ކުއޭރޭ ކުޅޭނީ ކްރޮއޭޝިއާގެ މަރިން ސިލިޗްއާ ދެކޮޅަށެވެ. މި ހަތަރު ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ ފޭވަރިޓަކީ އުމުރުން 35 އަހަރުގެ ފެޑެރާ އެވެ.
ފެޑެރާ ބުނީ އާ ކުޅުންތެރިންތަކެއް މުބާރާތުގެ މި ހިސާބުން ފެނުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި މިއިން އެއްވެސް ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި އޮތް ޗެލެންޖް ބޮޑު ކަމަށެވެ.
ފެޑެރާ ވަނީ ހަތް ފަހަރު ވިމްބަލްޑަން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އޭނާ އެ މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ.
ފެޑެރާގެ ރެކޯޑްމުގުރާލައި ޖޮކޮވިޗް ޔޫއެސްއޯޕަން ސެމީއަށް
ވިމްބެލްޑަން ފޭވަރިޓަކީ އަހަރެން: ޖޮކޮވިޗް
ކާފިއުއާ ހެދި ޖޮކޮވިޗަށް މެޗު ނިންމުނީ ދެ ދުވަހުން
ވިމްބެލްޑަނުން ރަޝިއާ ފެންނާނެ ކަމަށް މަރޭ އުއްމީދުކުރޭ
ވިމްބެލްޑަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ދިފާއު ކޮށްފި
ނޯރީ ބަލިކޮށް ޖޮކޮވިޗް އަށްވަނަ ވިމްބެލްޑަން ފައިނަލަށް
ވެކްސިން ނުޖެހިއަސް ޖޮކޮވިޗަށް ވިމްބެލްޑަންގައި ކުޅެވޭނެ
ތާރީހީ ފައިނަލުން ފެޑެރާ އަށް ދަސްވީ އާ ކަމެއް
ފެޑެރާ ބަލިކޮށް ޖޮކޮވިޗް ވިމްބަލްޑަން ކާމިޔާބުކޮށްފި
ވިމްބަލްޑަން: ނަޑާލް ބަލިކޮށް ފެޑެރާ ފައިނަލަށް