11 ޖުލައި 2022
ލަންޑަން (ޖުލައި 11) – ފައިނަލުގައި އޮސްޓްރޭލިއާގެ ނިކް ކީރިއޯސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޮކޮވިޗް، ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.
ލަންޑަން (ޖުލައި 11) – ފައިނަލުގައި އޮސްޓްރޭލިއާގެ ނިކް ކީރިއޯސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޮކޮވިޗް، ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.
މެޗުގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ، މުޅިން އަލަށް ސިންގަލްސް ފައިނަލަކަށް ނުކުތް ކީރިއޯސް އެވެ. އެހެން ނަމަވެސް ޖޮކޮވިޗް ވަނީ ފަހުން ކުޅުނު ތިން ސެޓް ކާމިޔާބު ކޮށް، ޖޮކޮވިޗް ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލް މެޗްގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ 4-6، 6-3، 6-4 އަދި 7-6 (7-3) އިންނެވެ.
މިއީ އުމުރުން 35 އަހަރުގެ ޖޮކޮވިޗް ވިމްބެލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތްވަނަ ފަހަތެވެ. އެންމެ ގިނައިން މުބާރާޓް ކާމިޔާބު ކޮށްފައި ވަނީ، ރޮޖާ ފެޑެރާ އެވެ. އޭނާ ވަނީ އަށް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ކީރިއޯސް ބަލިކޮށް ޖޮކޮވިޗް، ވިމްބެލްޑަންގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މޮޅާ އެކު ޖޮކޮވިޗް ވަނީ އޭނާގެ ކެރިއަރުގެ 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭނާއަށްވުރެ ގިނައިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ، މިއަހަރުގެ ފުރަތަމަ ދެ މުބާރާޓް ކާމިޔާބުކޮށް، 22 ގްރޭންޑް ސްލޭމް ޓައިޓަލް ހަމަކުރި ރަފައެލް ނަޑާލް އެވެ. ވިމްބެލްޑަންގެ ސެމީ ފައިނަލަށް ނަޑާލް ދަތުރު ކުރި ނަމަވެސް އޭނާ މުބާރާތް ދޫކޮށްލީ، ސީރިއަސް އަނިޔާއެއްގެ ސަބަބުންނެވެ.
ސެމީ ފައިނަލުގައި ނަޑާލް ކުޅެން އޮތް މެޗުގެ ކުރިން ނަޑާލް މުބާރާތުން ވަކިވުމާ ގުޅިގެން، އިދިކޮޅުން ކުޅެން އޮތް ކީރިއޯސް އަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބުނެވެ. އަދި ދުނިޔޭގެ އެއްވަނައާ ދެކޮޅަށް ފައިނަލުގެ ފުރަތަމަ ސެޓް ވެސް ކާމިޔާބު ކުރީ، މުބާރާތުގައި ސީޑް ކުރިވިފައި ނުވާ، ރޭންކިންގެ 40 ވަނައިގައި އޮތް ކީރިއޯސް އެވެ. ނަމަވެސް ފަހުން އައި ތިން ސެޓުގައި ޖޮކޮވިޗް ވަނީ އޭނާގެ ތަޖުރިބާގެ ބޭނުންކޮށް، ނަތީޖާ އަނބުރާލައިފަ އެވެ.
މި މުބާރާޓުގެ ކުރިން ޖޮކޮވިވް އެންމެ ފަހުން ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާޜާތަކީ، މިދިޔަ އަހަރުގެ ވިމްބެލްޑަން އެވެ. އޭގެ ކުރިން މިދިޔަ އަހަރު ބޭއްވި ފްރެންޗް އޯޕަން އާއި އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބު ކުރި އެވެ. ނަމަވެސް ޔޫއެސް އޯޕަންގެ ފައިނަލުގައި ބަލިވީ ރަޝިއާގެ ޑެނީލް މެޑްވެޑޭވް އަތުންނެވެ.
މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗަށް ވާދަ ނުކުރެވުނީ، ކޮވިޑް-19ގެ ވެކްސިންގެ މައްސަލައިގަ އެވެ. އަދި ފްރެންޗް އޯޕަންގައި ވާދަކުރި ނަމަވެސް، ކުއާޓާ ފައިނަލުގައި ބަލިވީ ނަޑާލް އަތުންނެވެ.
ވިމްބެލްޑަން އަންހެން ސިންގަލްސް ކާމިޔާބު ކުރީ، ކަޒަކިސްތާނުގެ އެލީނާ ރަބަކިނާ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ތިންވަނައަށް ސީޑް ކުރެވުނު ޓިއުނީޝިއާގެ އޮންސް ޖަބެއުއާއާ ވާދަކޮށް، 3-6، 6-2 އަދި 6-2 އިން ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ މި ދެ ކުޅުންތެރިން ވެސް ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ.
ވިމްބެލްޑަން ފޭވަރިޓަކީ އަހަރެން: ޖޮކޮވިޗް
ކާފިއުއާ ހެދި ޖޮކޮވިޗަށް މެޗު ނިންމުނީ ދެ ދުވަހުން
ނޯރީ ބަލިކޮށް ޖޮކޮވިޗް އަށްވަނަ ވިމްބެލްޑަން ފައިނަލަށް
ވެކްސިން ނުޖެހިއަސް ޖޮކޮވިޗަށް ވިމްބެލްޑަންގައި ކުޅެވޭނެ
ފެޑެރާ ބަލިކޮށް ޖޮކޮވިޗް ވިމްބަލްޑަން ކާމިޔާބުކޮށްފި
ޖޮކޮވިޗާއި މަރޭ ކަޓައި ފެޑެރާ އަށް ފުރުސަތު ބޮޑުވެއްޖެ
ވިމްބްލެޑަން އިން ކަޓައި ޖޮކޮވިޗްގެ އުއްމީދު ފެނަށް
އޮލިމްޕިކްސްއިން ޖޮކޮވިޗް ރަން މެޑަލް ހޯދައިފި
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން