14 ސެޕްޓެމްބަރ 2020
ނިއުޔޯކް (ސެޕްޓެމްބަރު 14) - ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ތަށި އުފުލާލަން ދުށް ހުވަފެން މި ފަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދުމާ އެކު ހާސިލްކުރެވުނީ ނަސީބުގެ އެހީ ވެސް ލިބުމުން ކަމަށް ޑޮމިނިކް ތިއެމް ބުނެފި އެވެ.
ނިއުޔޯކް (ސެޕްޓެމްބަރު 14) - ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ތަށި އުފުލާލަން ދުށް ހުވަފެން މި ފަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދުމާ އެކު ހާސިލްކުރެވުނީ ނަސީބުގެ އެހީ ވެސް ލިބުމުން ކަމަށް ޑޮމިނިކް ތިއެމް ބުނެފި އެވެ.
ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތް ތިއެމް ރޭގެ ކުރިން ކުޅުނު ގްރޭންޑް ސްލޭމް ތިން ފައިނަލުގައި ވެސް ބަލިވީ ވަރަށް ހަނި ތަފާތަކުންނެވެ. ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ބަލިވިއިރު، 2018 އާއި 2019 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ބަލިވީ ސްޕެއިނުގެ ރަފައެލް ނަޑާލް އަތުންނެވެ.
"އަސްލު އެ ފައިނަލްތަކުގައި އެންމެ ބޮޑު އެއް މައްސަލަ އެއީ ވަރަށް ވާދަވެރިކޮށް ވަރަށް ރަނގަޅަށް ކުޅެފައި ވެސް ނަސީބުގެ އެހީ އަހަރެން ކޮޅަކަށް ނޫން ދަނީ. އެކަމަކު މި ފަހަރު މިިދިޔައީ ރަނގަޅަށް ނަސީބު އަހަރެންގެ އަތުގައި ހިފީ،" ފަހަތުން އަރައި ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން ރޭގެ ޔޫއެސް އޯޕަން ފައިނަލުގައި މޮޅުވި މެޗަށް ފަހު ތިއެމް ބުންޏެވެ.
"އަހަރެންގެ ހަޔާތުގައި މިހާ ހިސާބަށް ހުރިހާ މަސައްކަތެއްވެސް ކުރުމުގެ އެއް އަސްލަކީ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުން. މި ކާމިޔާބީއާ ހަމައަށް އަހަރެން ކުރި ދަތުރުގައި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރަން،"
ރޭގެ މެޗުގައި ޒްވެރެވް ވަނީ ތިއެމްއާ ދެކޮޅަށް ރަނގަޅުވާދައެއްކޮށްފަ އެވެ. އެކަމަކު މެޗުގެ މުހިއްމު ވަގުތުތަކުގައި ރަނގަޅަށް މަސައްކަތްކޮށް ތަފާތު ދެއްކީ ތިއެމް އެވެ. ތިއެމްގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް ފަހުން ފޯމަކަށް އެޅި އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ސެޓުތައް ދިޔައީ 2-6 4-6 6-4 6-3 7-6 (8-6) އިންނެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ބޭއްވި ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ފެށިއިރު ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތީ ދުނިޔޭގެ އެއް ވަނަ ޖޮކޮވިޗް އެވެ. އެކަމަކު މުބާރާތުގެ ހަތަރު ވަނަ ބުުރުގެ މެޗުގައި ޖޮކޮވިޗް ޖެހި ބޯޅައެއް ލައިން ޖަޖެއްގެ ގައިގައި ޖެހުމުން އޭނާ ވަނީ މުބާރާތުން ވަކިކޮށްފަ އެވެ.
އުމުރުން 27 އަހަރުގެ ތިއެމް ބުނީ ދެން އޭނާ ބޭނުންވަނީ ޓެނިހުގެ މަޝްހޫރު ތިން ނަން ކަމަށްވާ ޖޮކޮވިޗާއި ރޮޖާ ފެޑެރޭ އަދި ރަފައެލް ނަޑާލްގެ ތެރެއިން ކުޅުންތެރިއެއް އަތުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި މޮޅުވުމަށް ކަމަށެވެ.
ދުނިޔޭގެ އެއް ވަނަ ހޯދުމުގެ ރޭހުގައި އަލްކަރާޒާއި ރޫޑް
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
ޓެނިސް ތަރިން ވެކްސިނާ ދެކޮޅު މައްސަލަ ސަމާލުކަމަށް
ސެރީނާ އަށް މި ފަހަރު ވެސް ނާކާމިޔާބު
ޔޫއެސް އޯޕަން ބޮއިކޮޓްކުރަން ކުޅުންތެރިން ނިންމަނީ
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް