17 ޖޫން 2020
ނިއުޔޯކް (ޖޫން 17) - ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކަމަށްވާ ޔޫއެސް އޯޕަން ބާއްވަން މުބާރާތުގެ އިންތިޒާމު ކޮމިޓީން ނިންމި ނަމަވެސް ކޮވިޑް-19ގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ މުބާރާތުގައި ނުކުޅެން ގިނަ ކުޅުންތެރިން ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނިއުޔޯކް (ޖޫން 17) - ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކަމަށްވާ ޔޫއެސް އޯޕަން ބާއްވަން މުބާރާތުގެ އިންތިޒާމު ކޮމިޓީން ނިންމި ނަމަވެސް ކޮވިޑް-19ގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ މުބާރާތުގައި ނުކުޅެން ގިނަ ކުޅުންތެރިން ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ ޔޫއެސް އޯޕަން ބާއްވަން ރުހުން ދެއްވައިފަ އެވެ. މިހާރު މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 13 ގެ ނިޔަލަށެވެ. މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާގެ ނިއުޔޯކްގައި އެކަނި ވެސް މި ބަލީގައި 30،000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނިއުޔޯކަކީ މި ބަލީގެ ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ ފަހަތުގައި އޮތް ސިޓީ އެއް ކަމަށް ގިނަ ތަޖުރިބާކާރުން ބުނެ އެވެ.
ޔޫއެސް އޮޕަން ބާއްވާ ބިލީ ޖީން ކިންގް ނެޝަނަލް ޓެނިސް ސެންޓަރަކީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވި ދުވަސްވަރުގައި ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރި ތަނަކެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި މި ވަގުތު އެމެރިކާ އަށް ދަތުރުކުރުން ރަނގަޅު ނޫން ކަމަށް ބުނެ ޔޫއެސް އޯޕަން ބޮއިކޮޓް ކުރަން ނިންމާފައިވާ އެއް ކުޅުންތެރިއަކީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް ވެސް ވަނީ ޔޫއެސް އޯޕަންގައި ކުޅެން މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ ޔޫއެސް އޯޕަން ބާއްވަން ނިންމި ނަމަވެސް އެ އިވެންޓް ކުރިއަށްގެންދަން ވާހަކަ ދެކެވިފައި ހުރި އިންތިޒާމްތަކަކީ އެންމެ ރަނގަޅު އުސޫލުތައް ކަމުގައި ބަލައިގަންނަން ދަތިކަަމަށް ބުނެފަ އެވެ. އަދި މުބާރާތުގައި ކުޅުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އިންތިޒާމުތައް ހުރި ގޮތުންނާއި ދަތުރުފަތުރުކުރުމުގައި ވެސް ގޮންޖެހުންތައް ހުރުމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ޔޫއެސް އޯޕަން ބޮއިކޮޓްކުރާނެ އެވެ.
ޓެނިހުގެ ރަސްމީ އިދާރާތަކުން އަންނަނީ ޔޫއެސް އޯޕަން އާއި އެ ނޫން ވެސް މި އަހަރުގެ މުބާރާތްތަކާ ބެހޭގޮތުން ތަފާތު މަޝްވަރާތަކެއް ކުރަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ތަފްސީލްތަކަކާ އެކު މި އަހަރުގެ ކަލަންޑަރުގެ ވާހަކަތައް ހިއްސާކުރަން ވަނީ ހަމަޖެހިފަ އެވެ.
ދުނިޔޭގެ އެއް ވަނަ ހޯދުމުގެ ރޭހުގައި އަލްކަރާޒާއި ރޫޑް
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
ޓެނިސް ތަރިން ވެކްސިނާ ދެކޮޅު މައްސަލަ ސަމާލުކަމަށް
ޗެމްޕިއަން ތިއެމް: "ނަސީބު އަތުގައި ހިފައިފި"
ސެރީނާ އަށް މި ފަހަރު ވެސް ނާކާމިޔާބު
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް