މިދިޔަ މަހު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
20 އޯގަސްޓް 2021
މިދިޔަ މަހު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
މި މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ.
ތަފާސްހިސާބުގެ ގާނޫނުގައިވާ ގޮތުން، ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. މި މަގާމަށް އައްޔަންކުރައްވަން ޖެހޭނީ، މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކޮށްގެން ހޮވޭ ބޭފުޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އައިޝަތު ވަނީ އިކޮނޮމެޓްރިކްސް އިން މާސްޓާސް އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
Maldives Bureau of Statistics is pleased to announce the appointment of Ms. Aishath Hassan as our new Chief Statistician. @ysha_is pic.twitter.com/mmyrKizOYD
— Statistics Maldives (@statsmaldives) August 19, 2021
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިދިޔަ އަހަރު ހުށަހެޅުއްވި ތަފާސްހިސާބާ ބެހޭ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހު އަށެއްގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބިލު ތަސްދީގުކުރެއްވީ މިދިޔަ މަހު 20 ގަ އެވެ.
ތަފާސްހިސާބުގެ ގާނޫނުގައި ރާއްޖޭގައި ތަފާސްހިސާބާ ބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި އަދި ބޭނުންކުރުމުގެ އިތުރުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިން ކަމަށް ބުނެފައިވެ އެވެ.
މި ގާނޫނަށް އާމަލުކުރަން ފެށުމާ އެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދި އެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މި އިދާރާގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
މި ގާނޫނުގައިވާ ގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ގާއުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ، 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަން ޖެހެ އެވެ. މި ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ
ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެެދިވަޑައިގެންފި
ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ހުޅުވާލައިފި
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާ އުވާލައިފި
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ހިދުމަތްތައް ދިނުމަށް ކުރަންޖެހޭ ހޭދަ މައްޗަށް
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް