ރައީސް އޮފީސް ކުރިމަތީގައި މިދިޔަ މެއި މަހު ހެދި "މީޑިއާ ފެންޑާ" ހުއްދަ ނުނަގައި ބޭނުންކުރާ ކަމަށް ބުނެ އެ ތަން މިއަދު އުވާލައިފި އެވެ.
14 ސެޕްޓެމްބަރ 2025
ރައީސް އޮފީސް ކުރިމަތީގައި މިދިޔަ މެއި މަހު ހެދި "މީޑިއާ ފެންޑާ" ހުއްދަ ނުނަގައި ބޭނުންކުރާ ކަމަށް ބުނެ އެ ތަން މިއަދު އުވާލައިފި އެވެ.
މި އަހަރުގެ މޭ 29 ގައި ހުޅުވި "މީޑިއާ ފެންޑާ"އަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ހޯދައި މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރިން ތިބުމަށް ހާއްސަ ކޮށްގެން ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ހެދި ތަނެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ މީޑިއާ ފެންޑާ ބޭނުންކުރުމުގައި އަމަލުކުރަންވީ އުސޫލު ވާނީ އެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ކަމަށާއި އެ އުސޫލުގެ ދަށުން ފެންޑާ ބޭނުންކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރިންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު "ނޫސްވެރިންގެ ނަމުގައި" ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން އެ ތަނުގައި ތިބެ ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭނެ ކަމުގެ ޝަކުވާތައް ހުއްދަ ނަގާފައިވާ ނޫސްވެރިން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ އޮފީހުން ބުނީ ގްރީންޒޯނުގައި ހުންނަ އެ ތަނުގެ އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ އޮފީސްތަކަށް ހިދުމަތް ހޯދަންދާ މީހުންނަށް ދަތިވާ ކަމަށެވެ.
ގްރީން ޒޯންގެ ނިޒާމު ގެއްލޭ ގޮތަށް އަމަލުކުރަމުން ދިއުމަކީ މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް ބުންޏެވެ.
"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭ ގޮތަށް އަމަލުކުރަމުން ދިއުމަކީ މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެކެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ އެ ތަން އުފެއްދި ބޭނުމާ އެއްގޮތަށް ފާއިތުވި ތިން މަހު ބޭނުން ނުކުރާތީ އެ ތަން އުވާލީ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ކަވަރު ކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރިންނަށް އެހެން ގޮތަކަށް ހަމަޖައްސާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ނޫސްވެރިން ކަމަށް ބުނެ ބަޔަކު މީޑިއާ ފެންޑާ ބޭނުންކުރާތީ އެތަން އުވާލަން ރައީސް އޮފީހުން ނިންމިއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅިގެން ނޫސްވެރިން ވަނީ މީޑިއާ ފެންޑާ ހިމެނޭ ސަރަހައްދުގައި މި ފަހުން އިހުތިޖާޖު ކޮށްފަ އެވެ.
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކޮށްފި
ރައީސް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އަބުރުގެ ބިލުން މީޑިއާތަކަށް ބިރެއް ނެތް: އޭޖީ އޮފީސް
މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުށަނާޅަން: އަލީ
ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި
އަބުރުގެ ގާނޫނު ނަހަމަގޮތުގައި ބޭނުން ނުކުރެވޭނެ
ސަރުކާރުން "މިހާރު" އާ ދެކޮޅަށް 14 މައްސަލައެއް