22 މެއި 2017
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ހައްގަށް ނުވަތަ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ "މިހާރު" އަދި މި ނޫހުގެ ތިން ނޫސްވެރިއަކާ ދެކޮޅަށް 14 މައްސަލައެއް ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ހައްގަށް ނުވަތަ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ "މިހާރު" އަދި މި ނޫހުގެ ތިން ނޫސްވެރިއަކާ ދެކޮޅަށް 14 މައްސަލައެއް ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅައިފި އެވެ.
"މިހާރު" ގެ ތިން ނޫސްވެރިއަކާއި "މިހާރު" އާ ދެކޮޅަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ ނަމުގައި މިދިޔަ މާޗް 17 ގައި އެމްއެމްސީ އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ މައްސަލަތަކަށް ލިޔުމުން އަންނަ މަހުގެ އެކެއްގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް "މިހާރު" ގެ ތިން ނޫސްވެރިންނާއި މި ނޫހަށް ވަނީ އަންގައިފަ އެވެ.
"މިހާރު"އާ ގުޅޭ ޝަކުވާތައް އެމްއެމްސީ އަށް ހުށަހެޅިއިރު، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވީ އަލީ ޚާލިދު އެވެ.
އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ "މިހާރު" އާ ގުޅޭ މައްސަލަތައް ބަލަނީ ލިބުނު ޝަކުވާތަކާ ގުޅިގެން އެ ކައުންސިލުން އިސްނަގައިގެން ކަމަށެވެ.
އެމްއެމްސީން ބަލަނީ "މިހާރު" ން ތިރީގައި މިވާ ސުރުޚީތަކަށް ލިޔެފައިވާ ލިޔުންތައް:
1- ރައީސް ޔާމީނަށް އާ "ފެށުމަކަށް" ފަސްޓް ލޭޑީ ނުކުންނަވަނީ.
2- ސްވައިން ފްލޫ ވެކްސިން ގެނައީ ބަހާކަށެއް ނޫން، ހާއްސަ ބަޔަކަށް: މުބީން.
3- ފަސްޓް ލޭޑީ ފާތުންގެ މަސައްކަތްޕުޅަށް ތައުރީފާއި ފާޑުކިޔުން.
4- ޕީޕީއެމަށް ފޯމް ފުރަން މަޖުބޫރު ކުރުވާ ޝަކުވާތައް ގިނަވެއްޖެ.
5- އެޗް1އެން1 ފެތުރޭތީ ފަސްޓް ލޭޑީގެ އޮފީހުން މާސްކާއި ބޭސް ބަހަނީ.
6- ސިޔާސީ ކަންކަމުގައި ދަރިވަރުން ބައިވެރި ކުރާތީ ޕީޕީއެމަށް ފިޔަވަޅު އަޅަން ގޮވާލައިފި.
7- ފަސްޓް ލޭޑީގެ އޮފީހުން ބޭސް ބަހަނީ އެސްޓީއޯ އިން ގަނެގެން: ރިފާއު.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ނޫހުގެ އިތުރުން މިހާތަނަށް ރައީސް އޮފީހުން ހުށަހަޅާފައި ވަނީ ރާއްޖެޓީވީގެ ނިއުސް ވެބްސައިޓް ކަމަށްވާ ރާއްޖެއެމްވީ އާއި ވީއެފްޕީ އާއި ވަގުތު އަދި މޯލްޑިވްސް އިންޑިޕެންޑެންޓާ ދެކޮޅަށެވެ. އޭގެ ތެރެއިން ރާއްޖެ ޓީވީގެ ހަ ނޫސްވެރިޔަކަށް ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް މީޑިއާ ކައުންސިލުން ވަނީ ދީފަ އެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ، އެއްވެސް މީޑިއާއެއް އަދި ނޫސްވެރިއެއްގެ މައްސަލައެއް އެއްވެސް މުއައްސަސާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެކަމަކު އެމްއެމްސީ އަށް ޖަވާބުދާރީވުމަށް އަންގައި "މިހާރު" އަށް ފޮނުވި ސިޓީތައް ވަނީ ރައީސް އޮފީހަށް ކޮޕީކޮށްފަ އެވެ.
މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުށަނާޅަން: އަލީ
އަބުރުގެ ގާނޫނު ނަހަމަގޮތުގައި ބޭނުން ނުކުރެވޭނެ
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
"މިހާރު"ގެ މުހިންމު ތިން ލިއުމެއް އެއްވަނާގައި
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު"އަށް
ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް