މީޑިއާ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބައެއް ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މި ސަރުކާރަކީ 100 ޕަސެންޓް "މިޑިއާ ޕްރޯ" ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
28 އޯގަސްޓް 2025
މީޑިއާ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބައެއް ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މި ސަރުކާރަކީ 100 ޕަސެންޓް "މިޑިއާ ޕްރޯ" ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު، އެ އޮފީހުގައި އެމްޖޭއޭ އާއި ނޫސްވެރިންނާއެކު މިއަދު މެންދުރުފަހު ބައްދަލުކުރެއްވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާގެ ބިލާ ގުޅޭގޮތުން، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެ އެސޯސިއޭޝަނުން އެދުމުން ކަމަށެވެ.
ދޮޅު ގަޑިއެއްހާ އިރަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި، އެމްޖޭއޭ އާއި ނޫސްވެރިންގެ ފަރާތުން ހުށަހެޅި ހުރިހާ ކަންބޮޑުވުންތައް ރައީސް އަޑުއައްސަވައި އެ ކަންކަމާ މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"...ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި މި ސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ރައީސް ބޭނުންފުޅުނުވާ ކަމަށާއި އަދި މެންބަރުން އައްޔަން ކުރެއްވުމުގައި ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބިލު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ ބިލު އަނބުރާ ގެންދަން ނޫސްވެރިން ގޮވާލަމުން ދަނިކޮށް އަދި ރައީސާއެކު ނޫސްވެރިން ބޭއްވި ބައްދަލުވުމަށްފަހު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަކީ ރަނގަޅު ގޮތް ކަމަށެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އަދި މިއަދު ހެނދުނު ފެށިގެން ރައީސް އޮފީސް ކުރިމަތީގައި ހުންނަ "މީޑިއާ ފެންޑާ" ގައި ނޫސްވެރިން ދަނީ އިހުތިޖާޖް ކުރަމުންނެވެ.
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
އޭޖީގެ ޕްރެސް ކޮންފަރެންސް ނޫސްވެރިން ބޮއިކޮޓްކޮށްފި
"ނޫސްވެރިން އުލުބައިންދަން ނުބުނެވޭ، މައްސަލަ ބަލާނެ"
މީޑިއާ ބިލުގައި އެއްބަސްނުވޭ ކަންކަން ހުރި: އަސްވާޑު
މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
މީޑިއާ ކޮންޓްރޯލް ބިލް މާދަމާގެ ޖަލްސާގެ އެޖެންޑާއަށް
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިންގެ ޕެޓިޝަނެއް
ބިލުގެ ފަހަތުގައި އޮތީ ނޫސްވެރިކަން އެކީ ހިފެހެއްޓުން