މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބިލާ ދެކޮޅު ހެދުމުގެ ގޮތުން ނޫސްވެރިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
26 އޯގަސްޓް 2025
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބިލާ ދެކޮޅު ހެދުމުގެ ގޮތުން ނޫސްވެރިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން"ގެ ނަމުގައި މެންބަރު ހަންނާނު ހުށަހަޅާފައިވާ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް ނޫސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން "ހަތަރެއްގެ ހައްގުގައި"ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބިލު އަނބުރާ ގެންދިޔުމަށް މެންބަރުންނަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ނޫސްވެރިން ވަނީ ފަށައިފަ އެވެ. މިހާރު ވެސް އެ ޕެޓިޝަނުގައި އެކި މީޑިއާތަކުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.
ޕެޓިޝަންގައި ބުނެފައިވަނީ އެ ބިލް ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށެވެ. އަދި މ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނަފާއިވާ ކަމަށެވެ.
މި ބިލު ފަރުމާކޮށްފައިވަނީ ބޭރުގެ ބައެއް ގައުމުތަކުގެ ބްރޯޑްކާސްޓިން ގާނޫނުތަކެއް ނަމޫނާއަކަށް ބަލައިގެން ކަމަށްވާތީ ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށާއި ބިލް ޑްރާފްޓުކުރުމުގައި ނަމޫނާއަކަށް ނެގި ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮންނަ ކަމަށެވެ.
މި ބިލު ގާނޫނަކަށްވެ އުފެދޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުން ހިމެނޭއިރު, މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު ކަމަށްވާ ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަރަށް ބޮޑަށް ވަންނާނެ ކަމަށް ޕެޓިޝަނުގައިވެ އެވެ.
"އެ ބިލު ފަރުމާކޮށްފައިވަނީ، ނޫސްވެރިންނަށް މިނިވަން ކަމާ އެކު، އެ މީހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭނެ ގޮތަކަށް، އެ ފަރާތްތަކުގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ބާރު ފޯރުވޭ ގޮތަށް. އެކަމުގެ ސަބަބުން، އެއްވެސް ފަރާތަކަށް ނުޖެހި، މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ގެނެސް ދިނުމަށް މިހާރަށް ވުރެ ވެސް ބޮޑަށް ނޫސްވެރިންނަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދިގެންދާނެ،" ޕެޓިޝަންގައި ބުނެފައިވެ އެވެ.
ޕެޓިޝަންގައި ބުނީ ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮތް އިރު, ސަރުކާރު ޖަވާބުދާރީކުރުވުމާއި ޒިންމާދާރުކުރުމަށް ވެސް މި ބިލުން ނޫސްވެރިންނަށް ވަރަށް ބޮޑަށް ވަނީ ހަނިކޮށްފައިވާ ކަމަށެވެ. އަދި, ވަކިވަކި ނޫސްވެރިންނާ މެދު ބޮޑެތި އަދަބުތައް ކަނޑައެޅޭ ގޮތަށް އޮތުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ބިލުގައި ހިމަަނާފައިވަނީ ނޫސްވެރިންނާއި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ކަމަށްވުމުން މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ބިލެއް ގެނައުމުގައި ނޫސްވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް މީގެކުރިން ބަންޑާރަ ނައިބު ވިދާޅުވެފައިވާއިރު, އެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ވެސް ގޮވާލާ ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!
މީޑިއާ ކޮންޓްރޯލް ބިލް މާދަމާގެ ޖަލްސާގެ އެޖެންޑާއަށް
ބިލުގެ ފަހަތުގައި އޮތީ ނޫސްވެރިކަން އެކީ ހިފެހެއްޓުން
މީޑިއާ ބިލު އަނބުރާ ގެންދަން އައިއެފްޖޭއިން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން