މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" އަނބުރާ ގެންދަން ލަފާ ނުދެއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވުމުން ނޫސްވެރިންތަކެއް އެ ޕްރެސް ބޮއިކޮށްފި އެވެ.
28 އޯގަސްޓް 2025
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" އަނބުރާ ގެންދަން ލަފާ ނުދެއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވުމުން ނޫސްވެރިންތަކެއް އެ ޕްރެސް ބޮއިކޮށްފި އެވެ.
ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ބިލު އަނބުރާ ގެންދަން ގިނަ އަދަދެއްގެ ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ގޮވާލާފައިވާއިރު، ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ބިލު އަނބުރާ ނުގެނެސް އިސްލާހު ކުރެވޭނެ ކަމަށެވެ.
އުޝާމް ވަނީ ބިލު އަނބުރާ ގެންދިއުމަށް ނަގަން ނުޖެހޭ ކަމަށް ގަބޫލުކުރައްވަނީ އޮގަސްޓް 2022 ގައި މީޑިއާ ކައުންސިލުން ފޮނުވާފައިވާ ބިލެއްގެ ޑްރާފްޓަކާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މާބޮޑު ތަފާތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.
ބިލުގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރަމުންދިޔަ ސުވާލުތަކަށް ބަންޑާރަ ނައިބު ޖަވާބު ދެއްވަމުން ގެންދެވީ 2022 ގަައި އެމްއެމްސީން ފޮނުވި ޑްރާފްޓާ ހަވާލާދީ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ޕްރެސް ކޮންފަރެންސް އޮތް ތަން ދޫކޮށް ނުކުމެފަ އެވެ.
ނޫސްވެރިން އެތަނުން ނިކުތުމުން ބަންޑާރަ ނައިބު ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވައިފަ އެވެ.
ބިލާ ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދާއިރު، ބިލު އަނބުރާ ގެންދިއުމަށް މެންބަރުންނަށް ދެންނެވުމުގެ ވިސްނުން ނެތް ކަން އުޝާމް މިއަދު ހާމަކުރުމުން އެ އިޖުތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެކަމުގައި އިސްކޮށް އުޅޭ ނޫސްވެރިން މިއަދު ހަވީރު ވަނީ ބުނެފަ އެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި އެ ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ގެންދަނީ ބިލު ދިރާސާ ކުރަމުންނެވެ. އަދި އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަޖިލީހުގެ އިދާރާ އިން މިއަދު މެންދުރުފަހު އިއުލާންކުރި އެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އަދި މިއަދު ހެނދުނު ފެށިގެން، ރައީސް އޮފީސް ކުރިމަތީގައި ހުންނަ "މީޑިއާ ފެންޑާ" ދޮށުގައި ނޫސްވެރިން ދަނީ އިހުތިޖާޖް ކުރަމުންނެވެ.
އެ އިހުތިޖާޖުތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއި ބައެއް ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ބިލު އިސްލާހު ކުރައްވާނެ ކަމަށާއި މި ސަރުކާރަކީ 100 ޕަސެންޓް ޕްރޯ މީޑިއާ ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ.
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް