22 މެއި 2017
ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރުތަކެއްގެ ލިންކް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެދުމަކަށް އެ ކައުންސިލާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެކަމަކު އެއްވެސް ނިއުސް އޮންލައިނެއް ނުވަތަ ނޫސްވެރިއެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެން އެ ކައުންސިލަށް އޭނާ ހުށަނާޅުއްވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު އަލީ ޚާލިދު މިރޭ ވިދާޅުވެއްޖެ އެވެ.
ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރުތަކެއްގެ ލިންކް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެދުމަކަށް އެ ކައުންސިލާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެކަމަކު އެއްވެސް ނިއުސް އޮންލައިނެއް ނުވަތަ ނޫސްވެރިއެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެން އެ ކައުންސިލަށް އޭނާ ހުށަނާޅުއްވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު އަލީ ޚާލިދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ހައްގަށް ނުވަތަ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ އެ ޝަކުވާތައް މިދިޔަ މާޗްމަހުގެ 17 ގައި، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ ނަމުގައި މީޑިއާ ކައުންސިލަށް ހުށަހެޅުއްވިއިރު، އެ މަގާމުގައި އޭރު ހުންނެވީ އަލީ އެވެ.
ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުން އޭނާ ވަކިކުރެއްވީ މި މަހުގެ އަށްވަނަ ދުވަހު އެވެ.
މި މައްސަލާގައި އަލީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ރައީސް އޮފީހުގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްތަކުގައި މީޑިއާއާ ގުޅޭ އެއްވެސް ޝަކުވާއެއް މީޑިއާ ކައުންސިލަށް ހުށަހަޅުއްވާފައެއް ނުވާނެ އެވެ. އަދި އެއްވެސް މައްސަލައެއް ބަލައި ދިނުމަށް ވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރުތަކެއްގެ ލިންކްތައް، މީޑިއާ ކައުންސިލްގެ އެދުމަކަށް އެ ކައުންސިލާ ހިއްސާކޮށްފައި ވާނެ ކަމަށް އަލީ ވިދާޅުވެ އެވެ.
"މީޑިއާ ކައުންސިލްގެ ރިކުއެސްޓަކަށް އެކަން ކުރީ [ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ] މެއިލް އެޑްރެސް ބޭނުންކޮށްގެން. ޝަކުވާތަކެއްގެ ގޮތުގައި، މީޑިއާއާ މެދު ފިޔަވަޅު އަޅައި، ދައުވާކޮށް ދިނުމަށް އެދިފައި ނުވާނެ. "ސިޓީއެއްގެ ސިފައިގައި ވެސް ނޫނީ އެ ނޫން ގޮތަކަށް ވެސް ކައުންސިލަށް ހުށަނާޅަން،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރައީސް އޮފީހުގައި އުޅުއްވި ދުވަސްވަރު އޭނާގެ ޒިންމާއަކީ މީޑިއާތައް މޮނީޓަ ކުރުން ކަަމަށެވެ. ހަފުތާގެ ރިޕޯޓުތަކާއި އެކި މަސްމަހު ނެރެފައި ހުންނަ ރިޕޯޓުތައް ކަމާ ބެހޭ ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައުލޫމާތުތައް ހިއްސާ ކުރުމުގައި ވަކި ބޭފުޅަކަށް އަމާޒުކޮށް ލިޔެފައި ހުންނަ ލިޔުންތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައި ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.
"ވަކި މީހެއްގެ ޚަބަރެއް ނޫން. ވަޒީރުންނަށް ވެސް ފޮނުވާފައި ހުންނާނީ މީޑިއާތަކުން ފާހަގަކުރާ ކަންބޮޑުވުންތައް،" ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންކަން ކުރެއްވި އަލީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފާތުންގެ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ އޮންލައިން މީޑިއާތަކުން ޖަވާބުދާރީވުމަށް އަންގައި މީޑިއާ ކައުންސިލުން މިއަދު ފޮނުވި ސިޓީތައް ބާތިލް ކުރަން އެ ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ.
އަބުރުގެ ގާނޫނު ނަހަމަގޮތުގައި ބޭނުން ނުކުރެވޭނެ
ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި
ސަރުކާރުން "މިހާރު" އާ ދެކޮޅަށް 14 މައްސަލައެއް
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނަސްރުﷲ އެދެނީ ކޮންމެ ނޫސްވެރިއަކު 7 މިލިއަން ދޭން
ނޫސްވެރިންތަކަކާ ދެކޮޅަށް ނަސްރުﷲ ދައުވާކޮށްފި
"މިހާރު"ގެ މުހިންމު ތިން ލިއުމެއް އެއްވަނާގައި
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު"އަށް
މީޑިއާގެ ދިފާއުގައި އެމްއެމްސީގެ ކުރީގެ ހަތަރު ރައީސުން
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި