Roadha Mihaaru
ނޫސްވެރިންތަކަކާ ދެކޮޅަށް ނަސްރުﷲ ދައުވާކޮށްފި

މިހާރުގެ ފަސް ނޫސްވެރިއެއްގެ މައްޗަށް ނަސްރުﷲ އަބުރުގެ ދައުވާކޮށްފި

14 ޖެނުއަރީ 2018

"މިހާރު"ގެ ފަސް ނޫސްވެރިއެއްގެ މައްޗަށް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ދައުވާކޮށްފި އެވެ. މީގެ އިތުރުން ވީމީޑިއާގެ މައްޗަށް ވެސް އޭނާ ވަނީ ދައުވާކޮށްފަ އެވެ.

"މިހާރު"ގެ ފަސް ނޫސްވެރިއެއްގެ މައްޗަށް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ދައުވާކޮށްފި އެވެ. މީގެ އިތުރުން ވީމީޑިއާގެ މައްޗަށް ވެސް އޭނާ ވަނީ ދައުވާކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުރުމަށް ފަހު މަގާމުން ވަކިވެފައިވާ ނަސްރުﷲ އަބުރުގެ ދައުވާކޮށްފައި ވަނީ އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ފޮނުވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ މައްސަލަ އެ މީޑިއާތަކުގައި ރިޕޯޓް ކުރުމުންނެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު ކޯޓުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ.

ނަސްރުﷲ ކުރާ އަބުރުގެ ދައުވާގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ ހައްޖު މަހު ހަތަރު ދިވެއްސަކު ހައްޖަށް ގޮސް، ހަވާލުވާނެ ފަރާތެއް ނެތި ތިއްބާ އެ މީހުންނާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖު މިޝަނުން ބުނެފައި ވަނީ އެ މީހުން ހައްޖަށް ފޮނުވީ ނަސްރުﷲ ކަމަށެވެ.